ޑރ ޙުސައިން ރަޝީދު ޙަސަން އަކީ މަސްވެރިކަމުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހައްދަވާފައިވާ ބޭފުޅެކެވެ. ޕީއެޗްޑީ ހެއްދެވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޕޯޓްސްމަތުގައި 2001 ވަނަ އަހަރުއެވެ.

ޑރ ޙުސައިން ރަޝީދު ޙަސަން މެދުގައި

ޑރ ޙުސައިން ރަޝީދު ޙަސަން ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގައި ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރައްވާފައިވެއެވެ. ޑރ ޙުސައިން ރަޝީދު ޙަސަން މިހާރު ހުންނެވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައެވެ.