ޙަނަފީ މަޛްހަބު
ޙަނަފީ މަޛްހަބު ނިސްބަތްވަނީ الْإِمَامُ أَبُو حَنِيفَة އަށެވެ. އެ މަޛްހަބުގެ އެއް އިމާމުކަމަށްވާ أَبُو يُوسُف އަށް ޢައްބާސީ ޚިލާފަތުގައި ޤާޟީކަން ލިބިވަޑައިގަތުމަށްފަހު ޢައްބާސީންގެ ރަސްމީ މަޛްހަބު ކަމުގައި ޙަނަފީ މަޛްހަބު ވެގެންދިޔައެވެ. ޙަނަފީ މަޛްހަބު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ގޮސްފައިވެއެވެ. އެގޮތުން ޢިރާޤުން ފެށިގެން ޝާމްކަރައާއި ތުރުކިސްތާނާއި ހިންދުކަރައާއި ޗައިނާއާ ހަމައަށް މި މަޛްހަބު ވާޞިލުވެފައިވެއެވެ.
ޙަނަފީ މަޛްހަބުގެ އުޞޫލުތައް
އުނިއިތުރު ގެންނަވާ1. ކީރިތި ޤުރްއާން
އުނިއިތުރު ގެންނަވާކީރިތި ޤުރްއާނަކީ ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެ ހިތްޕުޅަށް جبريل عليه السلام މެދުވެރިކުރައްވައި، ކީރިތިވަންތަ ﷲ ބާވައިލެއްވި އެ ކަލާނގެ ކަލާމްފުޅެވެ.
2. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތް
އުނިއިތުރު ގެންނަވާއުޞޫލުލް ފިޤްހުގެ ޢިލްމުވެރީންގެ އިޞްތިލާޙުގައި ސުންނަތަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ސާބިތުވެފައިވާ، އެ ކަލޭގެފާނުގެ އެންމެހައި ބަސްފުޅުތަކާއި، އެ ކަލޭގެފާނު ކުރައްވައިފައިވާ އެންމެހައި ކަންތައްތަކާއި، އެ ކަލޭގެފާނުގެ ކުރިފުޅުމަތީގައި ކަމެއް ހިނގައި، އެ ކަލޭގެފާނު އިންކާރު ނުކުރެއްވި ކޮންމެ ކަމެކެވެ.
3. އަލްއިޖުމާޢު
އުނިއިތުރު ގެންނަވާއިޖުމާޢަކީ ކީރިތި ރަސޫލާ صلى الله عليه وسلم ސުވަރުގެވަޑައިގަތުމަށްފަހު، އެއްވެސް ޒަމާނެއްގައި މައްސަލައެއްގެ ޝަރުޢީ ޙުކުމާ މެދު އުއްމަތުގެ ހުރިހާ މުޖުތަހިދު ދަންނަ ބޭކަލުން އިއްތިފާޤުވެ އެއްބަސްވާ އެއްބަސްވުމެވެ.
4. އަލްޤިޔާސް
އުނިއިތުރު ގެންނަވާޤިޔާސްކުރުމަކީ މައްސަލައެއްގެ ޝަރުޢީ ޙުކުމް ބަޔާންކޮށްދީފައިވާ ނައްޞެއް އައިސްފައިނުވާ މައްސަލައަކަށް، ނައްޞަކުން ޙުކުމް ކަނޑައެޅިފައިވާ މައްސަލައެއްގެ ޙުކުމް ދިނުމެވެ. އެއީ ޢިއްލަތް އެއްގޮތްވުމުގެ ސަބަބުން ދަލީލެއް އައިސްފައިނުވާ ކަމެއް، ދަލީލެއް އައިސްފައިވާ ކަމަކާ ގުޅުވައިލުމެވެ.
5. ޞަޙާބީންގެ ބަސްފުޅުތައް
އުނިއިތުރު ގެންނަވާ6. އަލްއިސްތިޙްސާން
އުނިއިތުރު ގެންނަވާއިސްތިޙްސާނަކީ މުޖުތަހިދުގެ ސިކުނޑިއަށް ބުރަވެވޭ ދަލީލަށް ޓަކައި ފާޅުކަން ބޮޑު ޤިޔާސަކުން ދޭހަވާ ޙުކުމެއް ދޫކޮށްލައި ފާޅުކަން ކުޑަ ޤިޔާސަކުން ދޭހަވާ ޙުކުމެއް ޚިޔާރުކުރުމެވެ.
7. އަލްޢުރުފު
އުނިއިތުރު ގެންނަވާބަސްބަހުގައްޔާއި ކަންކަމުގައި ބަޔަކު މީހުން ޢަމަލުކުރުމަށް އާދަވެފައިވާ ގޮތަށް ޢުރުފޭ ކިޔައެވެ. މިގޮތުން ބައެއްގެ ތެރޭގައި ޢާންމުވެފައިވާ އަދި އެ ބަޔަކު އެ ކަމަކަށް އާދަވެފައިވާ ކޮންމެ ކަމަކީ ޢުރުފެކެވެ.
ޙަނަފީ މަޛްހަބުގެ ބައެއް ފޮތްތައް
އުނިއިތުރު ގެންނަވާ- المبسوط؛ (މި ފޮތުގެ މުޞައްނިފަކީ شمس الدين أبي بكر محمد بن أحمد السرخسي އެވެ.)
- تحفة الفقهاء؛ (މި ފޮތުގެ މުޞައްނިފަކީ علاء الدين السمرقندي އެވެ.)
- فتح القدير؛ (މި ފޮތުގެ މުޞައްނިފަކީ ابن الهمام އެވެ.)
- بدائع الصنائع؛ (މި ފޮތުގެ މުޞައްނިފަކީ علاء الدين أبي بكر الكساني އެވެ.)
- حاشية رد المحتار على الدر المختار؛ (މި ފޮތުގެ މުޞައްނިފަކީ محمد أمين، ابن عابدين އެވެ. މި ފޮތް މަޝްހޫރުވެފައި ވަނީ حاشية ابن عابدين ގެ ނަމުންނެވެ.)
މަރުޖިޢުތައް
އުނިއިތުރު ގެންނަވާأصول الفقه (1) أدلة الأحكام الشرعية: ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 2013
އަޅުކަމުގެ ފިޤްހު (1): މުޙައްމަދު ރަމީޒް އަޙްމަދު، ސެންޓަރ ފޮރ އޯޕަން ލަރނިންގ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، 2012