ޖާން ނިސާރު އަޚްތަރު ( ފެބުރުއަރީ 14، 1914 އިން އޮގަސްޓް 19، 1976 އަށް ) އަކީ އުރުދޫ ޅެންވެރި އެކެވެ. އަދި ހިންދީ ފިލްމްތަކަށް ލަވަ ހައްދަވާ ދެއްވާފައިވާ ފަރާތެއްވެސް މެއެވެ. މިއީ ލަވަ ލިޔުންތެރިޔާ އަދި ސްކްރިޕްޓް ލިޔުންތެރިޔާ ޖާވިދު އަޚްތަރު ، އަދި ނަފްސާނީ ބަލީގެ ޑޮކްޓަރު އަދި ޅެންވެރިޔާ ސަލްމާން އަޚްތަރުގެ ބައްޕަ އެވެ. ޖާން ނިސާރު އަޚްތަރު އުފަންވެފައިވަނީ އިންޑިޔާގެ މަދްޔަޕްރަދޭޝްގެ ގްވަލިއޯރު އަށެވެ. ތަޢުލީމު ޙާޞިލްކުރެއްވީ ބޯޕާލް އިންނެވެ. އެއަށްފަހު ދިރުއުޅުން ބޮމްބޭ އަށް ބަދަލުކޮށް އެތަނުގައި ޅެންވެރިކަމާއި ލަވަހެދުމުގެ ރޮނގުން ކުރިއަށް ދިޔައެވެ. ޅެންވެރިކަމުގެ ވަރަށް ގިނަ ފޮތްތައް އެކުލަވައި ނެެރުއްވި އެވެ. 1967 ގައި ބާހޫ ބޭގަމް ކިޔާ ފިލްމެއް ޕްރޮޑިއުސްކޮށްފައި ވެއެވެ.