ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އަލްޖީރިއާ ނުވަތަ ޖަޒާއިރަކީ (ޢަރަބިބަހުން: الجزائر) އުތުރު އެފްރިކާއަށް ނިސްބަތްވާ ގައުމެކެވެ. އަލްޖީރިއާއަކީ މެޑިޓެރޭނިއަން ސަރަޙައްދުގައިވާ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޤައުމެވެ. އަދި އެފްރިކާ ބައްރަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ޤައުމު ވެސްމެއެވެ.

الجمهورية الجزائرية الديمقراطية الشعب
الجزائر   (Arabic)
ⵟⴰⴳⴷⵓⴷⴰ ⵜⴰⵎⴻⴳⴷⴰⵢⵜ ⵜⴰⵖⴻⵔⴼⴰⵏⵜ ⵜⴰⵣⵣⴰⵢⵔⵉⵜ
Flag of Algeria
Flag
މޮޓޯ: " بالشّعب وللشّعب "  (Arabic)
"By the people and for the people"
[1][2]
ގައުމީ ސަލާމް: [[]]  (Arabic)
The Pledge
Location of Algeria
ވެރިރަށް
and largest city
Algiers
ރަސްމީ ބަސްތައް,Tamazight language|Tamazight]] Arabic
Second languageFrench
ޑިމޮނިމްAlgerian
ސަރުކާރުSemi-presidential republic
• President
Abdelaziz Bouteflika
Ahmed Ouyahia
• Hammadid dynasty
from 1014
• Ottoman rule
from 1516
• French rule
from 1830
• Independence from France
5 July 1962
ސަރަޙައްދު
• Total
2,381,741 km2 (919,595 sq mi) (11th)
• Water (%)
negligible
އާބާދީ
• 2009 estimate
34,895,000[3]
• 1998 census
29,100,867
• Density
14.6/km2 (37.8/sq mi) (204th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$233.479 billion[4] (38th)
• ބޮލަކަށް ޖެހެނީ
$6,709[4] (88th)
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$159.669 billion[4] (48th)
• ބޮލަކަށް ޖެހެނީ
$4,588[4] (84th)
ޖިނީ (1995)35.3
medium
އެޗްޑީއައި (2007) 0.754[5]
Error: Invalid HDI value (104th)
ފައިސާAlgerian dinar (DZD)
ޓައިމް ޒޯންފަންވަތް:Tz
• ސަމާ (ޑީއެސްޓީ)
not observed
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް213
އައިއެސްއޯ 3166 ކޯޑްDZ
އިންޓަރނެޓް ޓީއެލްޑީ.dz

އަވަސް ކަޅިއަކުން ބަލައިލުމެއް

އުނިއިތުރު ގެންނަވާ

ޖަޒާއިރުގެ ރަސްމީ ބަހަކީ ޢަރަބިބަހެވެ. އިނގިރޭސި ބަހުން ޖަޒާއިރުގެ މީހުންނަށް ކިޔަނީ އަލްޖީރިއަންސްއެވެ. ޖަޒާއިރުގެ ދެވަނަ ބަހަކީ ފަރަންސޭސި ބަހެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަލްޖިއަރސްއެވެ. ޖަޒާއިރުގެ ވެރިރަށަކީ އަލްޖިއަރސްއެވެ. ޖަޒާއިރަކީ ސެމީ ޕްރެޒިޑެންޝަލް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 35 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 35 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 2.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ dz. އެވެ. ކޯލިން ކޯޑަކީ +213 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އަލްޖީރިއަން ދީނާރެވެ.

އަލްޖަޒާއިރުގެ ނަން ނިސްބަތްވަނީ އެ ޤައުމުގެ ވެރިރަށް ކަމުގައިވާ އަލްޖިއަރސްއަށެވެ. މި ނަން އުފެދުނީ “ޖަޒާއިރު ބަނީ މަޒްޣަނާ” މި ނަމުންނެވެ. މީގެ މާނައަކީ ބަރްބަރީ ޤަބީލާ މަޒްޣަނާގެ ރަށެވެ. ކުރީ ޒަމާނުގައި ޖަޒާއިރުގެ ސަރަޙައްދަށް ކިޔާ ނަމަކީ ނުމީދިޔާއެވެ. ނުމީދިޔާގެ ސަރަޙައްދުގެ ތެރޭގައި ހިމެނެނީ މިހާރުގެ ތޫނިސްގެ ހުޅަނގާއި މިހާރުގެ މަޣުރިބުގެ އިރުމަތިވެސް އެކުލެވިގެންނެވެ.

ޖަޒާއިރުގެ އިރު އުތުރުގައި އޮތީ ތޫނިސްއެވެ. އިރުމަތީގައި އޮތީ ލީބިޔާއެވެ. އިރުދެކުނުގައި އޮތީ ނީޖަރެވެ. ހުޅަނގު ދެކުނުގައި އޮތީ މާލީ އާއި މުރިޓާނިޔާއެވެ. ހަމައެހެންމެ ހުޅަނގު ސަހަރާގެ ބައެއްވެސް މިތަނުގައިވޭމެއެވެ. ހުޅަނގާއި ހުޅަނގު އުތުރުގައި އޮތީ މަޣުރިބެވެ. އުތުރުގައި އޮތީ މެޑިޓެރޭނިޔަން ކަނޑެވެ.

މީގެ 10000 އަހަރު ކުރީއްސުރެ ޖަޒާއިރުގައި ބަރުބަރީން ވަނީ ދިރިއުޅެން ފަށާފައެވެ. ޢީސާގެފާނުގެ މީލާދުގެ 1000 އަހަރު ކުރީއްސުރެން ޤަރްޠާޖުން ވަނީ އައްސޭރި ފަށުގައި ދިރިއުޅެން ފަށާފައެވެ. ބަރުބަރީންނާއި ޤަރްޠާޖުންނާ ދެމެދު ހަނގުރާމަތަކެއް ހިނގުމަށްފަހު، ބަރުބަރީން ވަރަށް ވަރުގަދަ ރަސްކަމެއްގެ ގޮތުގައި ފާޅުވާން ފެށިއެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ ނުމީދިޔާއެވެ. ޢީސާއީ މީލާދުގެ 200 އަހަރުކުރީން ރޫމާނީންގެ ބާރު މި ހިސާބުގައި ގަދަވެގެން ދިޔައެވެ. އެހެން ނަމަވެސް ހުޅަނގުގެ ރޫމާނީ އަމްބަރާޠޫރިއްޔަތު ބަލިކަށިވެގެން ދިއުމުން އަނެއްކާވެސް ބަރުބަރީންނަށް މިނިވަންކަން ލިބުނެވެ. އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވެ އިރުމަތީގެ ރޫމާނީ އަމްބަރާޠޫރިއްޔަތު ކަމުގައިވާ ބީޒަންޓައިން އެމްޕަޔަރގެ ދަށަށް ދިޔައެވެ. ޢަރަބީން މި ހިސާބަށް އަންނަންދެން މިތަން އޮތީ ބީޒަންޓައިން އެމްޕަޔަރގެ ދަށުގައެވެ.

ޑެމޮގްރަފިކްސް

އުނިއިތުރު ގެންނަވާ

ޖަޒާއިރަކީ އެތައް ނަސްލެއްގެ މީހުން ދިރިއުޅެމުންދާ ތަނެކެވެ. މި ގޮތުން ފާހަގަކޮށްލެވެނީ ޢަރަބީންނާއި މިޞްރީންނާއި ޔޫނާނީންނާއި ޔޫރަޕީންގެ އިތުރުން ތުރުކީންނާއި ފީނީޤީން ވެސް ޖަޒާއިރުގެ މީހުންގެ ގޮތުގައި މިއަދު އެބަތިއްބެވެ. އެހެން ނަމަވެސް މިއަދު އެމީހުން ވާހަކަ ދައްކާ ބަހަކުން އެއީ މިވެނި ނަސްލެއްގެ ބައެއް ކަމެއް ނޭނގޭނެއެވެ. މިހެން ދެންނެވި ކަމުގައިވިޔަސް ބަރުބަރީ ބަހުން ވާހަކަ ދައްކާ ޤަބީލާ ބަރުބަރީން ކޮންމެވެސް ވަރަކަށް ފެންނާނެއެވެ.

ޖަޒާއިރުގެ އާބާދީގައި ހިމެނޭ ތަފާތު ނަސްލުތަކުގެ އަސަރު އެ ޤައުމުގެ ސަގާފަތަށް ވަރަށް ބޮޑު އަސަރެއް ފޯރުވާފައިވެއެވެ. މި ގޮތުން ފާހަގަކުރެވެނީ ފަރަންސޭސީންގެ ސަގާފަތުގެ އަސަރެވެ. ޖަޒާއިރުގެ ވަރަށް ގިނަ މީހުންނަކީ ފަރަންސޭސި ބަހުން ވާހަކަ ދައްކަން ދަންނަ މީހުންނެވެ. ފަރަންސޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާންއަކީ ޖަޒާއިރުގެ ދަރިކޮޅަކަށް ނިސްބަތްވާ ކުޅުންތެރިއެއްކަން ފާހަގަކުރެވެއެވެ.

ޖަޒާއިރަކީ އިޤްތިޞާދީ ގޮތުން ރަނގަޅު ކުރިއެރުމެއް ހޯދަމުން އަންނަ ޤައުމެކެވެ. އެ ޤައުމުގެ އިޤްތިޞާދު އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ ފޮސިލް ފިއުލްގެ މައްޗަށެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 6709 ޑޮލަރެވެ.

  1. Constitution of Algeria (1996), Art. 11 [ar]
  2. Constitution of Algeria (1996), Art. 11 [en]
  3. ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
  4. 4.0 4.1 4.2 4.3 "Algeria". International Monetary Fund. Retrieved 2009-10-01.
  5. "Human Development Report 2009. Human development index trends: Table G" (PDF). The United Nations. Retrieved 2009-10-10.