ޕްރޮސްޓޭޓް ދުޅަވުން(އިނގިރޭސި ބަހުން: Prostatitis) އަކީ ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެ އުދަގޫތަކާއި ކުރިމަތިވުމެވެ. މިއީ ހަމައެކަނި ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް ގައި ހިމެނޭ ގުނަވަނެއް ކަމުން މިމައްސަލަ ކުރިމަތިވާނީ ހަމައެކަނި ފިރިހެނުންނަށެވެ. ޕްރޮސްޓޭޓް ދުޅަވުމުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އޭގެ ތެރޭގައި ވަގުތީ ގޮތުން ޕްރޮސްޓޭޓް ދުޅަވުން އަދި ދާއިމީ ގޮތެއްގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރޮސްޓޭޓް ދުޅަވުން ކުރިމަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ.