ޕެރޫ
ރިޕަބްލިކް އޮފް ޕެރޫއަކީ ދެކުނު އެމެރިކާ ބައްރުގެ ހުޅަނގު ބިތަށް ނިސްބަތްވާ ޤައުމެކެވެ.
Republic of Peru República del Perú ފަންވަތް:Es icon | |
---|---|
ގައުމީ ސަލާމް: "Somos libres, seámoslo siempre" ފަންވަތް:Es icon "We are free, we shall always be so" | |
National seal: Gran Sello del Estado ފަންވަތް:Es icon "Great Seal of the State" | |
ވެރިރަށް and largest city | Lima |
ރަސްމީ ބަސްތައް | Spanish1 |
ނަސްލު ގުރޫޕުތައް | 45% Amerindian, 37% Mestizo, 15% White, 3% Black, Asian[1] |
ޑިމޮނިމް | Peruvian |
ސަރުކާރު | Presidential republic |
Ollanta Humala | |
Luis Giampietri | |
Pedro Cateriano | |
Luis Alva Castro | |
Independence from Spain | |
• Declared | July 28, 1821 |
• Consolidated | December 9, 1824 |
• Recognized | August 14, 1879 |
ސަރަޙައްދު | |
• Total | 1,285,215.6 km2 (496,224.5 sq mi) (20th) |
• Water (%) | 8.80 |
އާބާދީ | |
• 30 June 2009 estimate | 29,132,013[2] |
• 2007 census | 28,220,764 |
• Density | 22/km2 (57.0/sq mi) (193rd) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $246.283 billion[3] |
• ބޮލަކަށް ޖެހެނީ | $8,594[3] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $127.462 billion[3] |
• ބޮލަކަށް ޖެހެނީ | $4,448[3] |
ޖިނީ (2008) | ▼ 47.9 Error: Invalid Gini value |
އެޗްޑީއައި (2007) | 0.806 Error: Invalid HDI value (78th) |
ފައިސާ | Nuevo Sol (PEN) |
ޓައިމް ޒޯން | ޔޫޓީސީ-5 (PET) |
• ސަމާ (ޑީއެސްޓީ) | not observed |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | +51 |
އައިއެސްއޯ 3166 ކޯޑް | PE |
އިންޓަރނެޓް ޓީއެލްޑީ | .pe |
އަވަސް ކަޅިއަކުން ބަލައިލުމެއް
އުނިއިތުރު ގެންނަވާޕެރޫގެ ރަސްމީ ބަހަކީ އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން ޕެރޫގެ މީހުންނަށް ކިޔަނީ ޕެރުވިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ލީމާއެވެ. ޕެރޫގެ ވެރިރަށަކީ ވެސް ލީމާއެވެ. ޕެރޫއަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 29 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 41 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ pe. އެވެ. ކޯލިން ކޯޑަކީ +51 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނުއެވޯ ސޯލްއެވެ.
ނަން
އުނިއިތުރު ގެންނަވާ“ޕެރޫ” މި ބަސް ނެގިފައިވަނީ “ބިރޫ” މި ބަހުންނެވެ. މިއީ ޕެނަމާ ސަރަޙައްދުގައި 16 ވަނަ ޤަރުނުގައި ވެރިކަން ކުރެއްވި މި ސަރަޙައްދުގެ ވެރިއެއްގެ ނަމެވެ.
ޖުޣުރާފީ
އުނިއިތުރު ގެންނަވާޕެރޫގެ އުތުރުގައި އޮތީ އިކުއެޑޯ އާއި ކޮލަންބިޔާއެވެ. އިރުމަތީގައި އޮތީ ބްރެޒިލްއެވެ. އިރުދެކުނުގައި އޮތީ ބޮޮލީވިއާއެވެ. ދެކުނުގައި އޮތީ ޗިލީއެވެ. ހުޅަނގުގައި އޮތީ ޕެސިފިކް ކަނޑެވެ.
ތާރީޚު
އުނިއިތުރު ގެންނަވާޕެރޫގައި މީގެ 9000 އަހަރު ކުރީން ވެސް މީހުން ދިރިއުޅެފައިވާ ކަމުގެ ހެކިތައް ފެންނަން އެބަހުށްޓެވެ. ޢީސާގެފާނުގެ މީލާދުގެ 3000 އަހަރާއި 1800 އަހަރާއި ދެމެދު ޕެރޫގަައި އޮތް ތަމައްދުނުގެ އަސަރަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ޕެރޫއަކީ ދެކުނު އެމެރިކާ ސަރަޙައްދުގައި އުފެދުނު އެންމެ ބޮޑު އެއް އެމްޕަޔަރ ކަމުގައިވާ “އިންކާ އެމްޕަޔަރ” ޤާއިމުވެފައި އޮތް ތަނެވެ. މީލާދީން 15 ވަނަ ޤަރުނަކީ އިންކާ އެމްޕަޔަރގެ ރަން ދުވަސްވަރު ކަމުގައި ބެލެވިފައިވެއެވެ. މީލާދީން 16 ވަނަ ޤަރުނުގައި އިސްޕޭނުގެ އެމްޕަޔަރ އިން ޕެރޫގެ ސަރަޙައްދު ހިފިއެވެ. އަދި އެތަނުގައި ވައިސްރޯޔަލްޓީއެއް ޤާއިމުކުރިއެވެ. މީލާދީން 19 ވަނަ ޤަރުނަކީ ދެކުނު އެމެރިކާގެ ގިނަ ޤައުމުތަކުން މިނިވަންކަމަށް ޓަކައި ހަނގުރާމަކުރި ދުވަސްވަރެކެވެ. 1821 ވަނަ އަހަރުގައި މިނިވަންކަން ލިބުނު ނަމަވެސް އެފަހުން މިވީ މުއްދަތުގެ ތެރޭގައި ވެސް ގިނަ ދުވަހުގައި ޕެރޫއަށް ސިޔާސީ ގޮތުން އެއްވެސް ހަމަޖެހުމެއް ލިބިފައެއް ނުވެއެވެ. ޕެސިފިކް ހަނގުރާމައިގައި 1879 އާއި 1883 އާ ދެމެދު ޗިލީގެ އަތުން ޕެރޫ ބަލިވިއެވެ. 1968 ވަނަ އަހަރުގައި ޖެނެރަލް ހުއާން ވެލަސްކޯ އަލްވަރާދޯ ވަނީ ފެނާންޑޯ ބެލައުންޑޭއާ ދެކޮޅަށް އިންޤިލާބެއް ގެނައެވެ. 1980 ގެ އަހަރުތަކުގައި ޕެރޫއަށް ވަރަށް ބޮޑަށް ބޭރުގެ ދަރަންޏާ ކުރިމަތިލާން ޖެހުނެވެ. 1990 ވަނަ އަހަރުން 2000 ވަނަ އަހަރަށް ޕެރޫގެ ރައީސްކަން ކުރައްވާފައިވަނީ އަލްބަރޓޯ ފުޖިމޯރީއެވެ. އޭނާއަކީ ޖަޕާނު ނަސްލުގެ ބޭފުޅެކެވެ. 2000 ވަނަ އަހަރުގައި ފުޖިމޯރީގެ ވެރިކަން ނިމިގެން ދިޔައީ ކޮރަޕްޝަނުގެ ތުހުމަތުތަކެެއް އޭނާއާ ދެކޮޅަށް ކުރެވިގެންނެވެ. ފަހުން އަލްބާޓޯ ފުޖިމޯރީ ވަނީ ޖަޕާނަށް ވަޑައިގެން އެ ޤައުމުގެ ޙިމާޔަތް ހޯއްދަވާފައެވެ. އެހެން ނަމަވެސް އޭނާ ޕެރޫއަށް ވަޑައިގަތުމުން އެ ޤައުމުންވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ޑެމޮގްރަފިކްސް
އުނިއިތުރު ގެންނަވާ29 މިލިއަން މީހުންގެ އާބާދީއެއް އޮތް ޕެރޫއަކީ ދެކުނު އެމެރިކާ ސަަރަޙައްދަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 2050 ވަނަ އަހަރާ ހަމަޔަށްދާއިރު އިންޑިޔާގެ އާބާދީގައި 42 މިލިޔަން މީހުން ތިބޭނެކަމަށް ބެލެވިފައިވެއެވެ. ނިއު ގީނިއާ އާއި ބްރެޒިލް ފިޔަވައި ދުނިޔޭގައި “އަންކޮންޓެކްޓެޑް ޓްރައިބްސް” އެންމެ ގިނަ ޤައުމަކީ ޕެރޫއެވެ. ޕެރޫގެ އާބާދީގެ 45% މީހުންނަކީ އެމެރިންޑިޔަނުންނެވެ. 37% މީހުންނަކީ މެސްޓިޒޯސްއެވެ. މެސްޓިޒޯ މީހުންނަކީ ޔޫރަޕު މީހުންނާއި އެމެރިންޑިޔަނުން އިނދެގެން އުފެދިފައިވާ ނަސްލެކެވެ. 15% މީހުންނަކީ ޔޫރަޕު ނަސްލުގެ މީހުންނެވެ. 3% މީހުންނަކީ އެފްރިކާ ނަސްލުގެ މީހުނާއި ޖަޕާނު މީހުންނާއި ޗައިނާ މީހުންނެވެ.
ސަގާފަތު
އުނިއިތުރު ގެންނަވާޕެރޫގެ ސަގާފަތަށް އަސަރު ފޯރުވާފައިވަނީ އެމެރިންޑިޔަނުންނާއި އިސްޕޭނު މީހުންގެ ސަގާފަތެވެ. ޕެރޫގެ ސަގާފަތުގެ ތެރެއިން މިއަދު ޗައިނާ، ޖަޕާނު އަދި އެފްރިކާގެ އަސަރުތައް ދަނީ ފެންނަމުންނެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާޕެރޫއަށް މިހާރުވަނީ އިޤްތިޞާދީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 8594 ޑޮލަރެވެ.