ޕެރަސެޓަމޯލް
ސިސްޓެމެޓިކް (އައި.ޔޫ.ޕީ.އޭ.ސީ) ނަން
N-(4-hydroxyphenyl)ethanamide
ފާހަގަތައް
ސީ.އޭ.އެސް ނަންބަރު 103-90-2
އޭ.ޓީ.ސީ ކޯޑު N02BE01
ޕަބްކެމް 1983
ޑުރަގްބޭންކް APRD00252
ކެމިކަލް ޑާޓާ
ފޯމިއުލާ C8H9NO2 
މ. މާސް 151.17 g/mol
ފިޒިކަލް ޑާޓާ
ޑެންސިޓީ 1.263 g/cm³
ވިރޭ ދަރަޖަ 169 °C (336 °F)
ފެނުގައި ގިރޭ މިންވަރު 1.4 g/100 ml or 14 mg/mL (20 °C)
ފާމަކޯކައިނެޓިކް ޑާޓާ
ބަޔޯއެވެއިލެބިލިޓީ almost 100%
މެޓަބޮލިޒަމް 90 to 95% Hepatic
ހާފް ލއިފް 1–4 hours
އެކްސްކްރީޝަން Renal
ތެރެޕެޓިކް ކޮންސިޑަރޭޝަންސް
މާބަނޑު. ގިސްމު

A(AU) B(US) safe

ޤާނޫނީ ހައިސިއްޔަތު

Unscheduled(AU) GSL(UK) OTC(US)

މަގުތައް Oral, rectal, intravenous

ޕެރަސެޓަމޯލް (އެސިޓަމިނޮފެން) ނުވަތަ ޕެނަޑޯލް އަކީ އާދައިގެ ހުން އާދައިގެ ބޮލުގައިރިހުން އަދި މިކަމާއިގުޅިގެން އުފެދޭ ގައިގައިރިއްސުމަށް ދެވޭ ފަރުވާއެކެވެ. އާދައިގެ ހުޅުހުޅުގައި ރިއްސުމާއި،ދަތުގައި ރިއްސުން، ކުޑަކޮށް ހުޅުދުޅަވުމުންވެސް ދުޅަ މަޑު ކުރުމާއި، ތަދުކެޑުވުމަށް މިބޭސްބޭނުންކުރެވެއެވެ.ސްޕަރމާޓްތަކާއި އާދައިގެ ފިހާރަތަކުންފަސޭހައިން ހެޔޮއަގުގައި ގަންނަން މިބޭސްލިބެންހުރެއެވެ.

ބޭސް ހުންނަ ވައްތަރުތަށް

އުނިއިތުރު ގެންނަވާ
  • ގުޅަބޭހުގެ ގޮތަށް.
  • ކެޕްސޫލް ގޮތަށް.
  • ސަރުބަތު ގޮތަށް. (ކުޑަކުދިންނާއި މުސްކުޅިންނަށް)
  • ތިކިޖައްސާގޮތަށް. (ތުއްތު ކުދިންނަށް)
  • ފޫކޮޅަށްޖަހާ އުގުރިގޮތަށް(ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، ބޮޑުމީހުންނަށް)
  • ހަފައިގެންކާ މެޓާގޮތަށް. (ކުޑަކުދިންނަށް).
  • އިންޖެކްޝަންގެގޮތުގައި .

ބޭހުގެ ބާރުމިން ބެހިފައިވާގޮތް

އުނިއިތުރު ގެންނަވާ
  • 500 މިލްގްރާމް،375 މިލްގްރާމް އަދި 750 މިލްގްރާމްގެ ގުޅަ ނުވަތަ ކެޕްސޫލް ގަންނަން ލިބެންހުރެއެވެ.
  • 120 މިލްގްރާމްގެ އޮރެންޖް ރަހަލާގޮތަށް ހަފައިގެންކާގޮތަށް ހުންނަ ގުޅަބޭ ލިބެންހުރެއެވެ.
  • ދިޔާބޭހުގެގޮތުގައި 60އެމްއެލް،120އެމްއެލް ގެފުޅި ލިބެންހުރެއެވެ.ކޮންމެ 5އެމްއެލްގައި 120މިލްގްރާމް(އެސިޓަމިނޮފެން)ބޭހުގެ ގޮތުގައި ހުރެއެވެ.
  • މަސްގަނޑަށްޖަހާ އިންޖެކްޝަންގެ ގޮތުގައި150މިލްގްރާމް/1އެމްލްގައި .

ބޭސްބޭނުންކުރުމުގެކުރިން ބަލަންޖެހޭ ކަންތައްތައް

އުނިއިތުރު ގެންނަވާ
  • ކުރިން މިބޭސްބޭނުންފުޅު ކުރުމުން ގައިގެ ހަމުގައި ބިހިނަގާ ކަހާގޮތްވޭތޯ؟.މިހެންވާނަމަ ބޭސް ކެއުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާހޯއްދަވާ!
  • މާބަނޑު އަންހެނުން މިބޭސް ބޭނުންކުރުމުން މައިމީހާއަށާއި، ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއްވާކަމަށް އަދި މިހާތަނަށް ހޯދިފައެއްނުވެއެވެ. އެކަމަކު މާބަނޑު އަންހެނަކުނަމަ މިބޭސްބޭނުން ކުރުމުގެކުރިން ޑޮކްޓަރގެ ލަފާހޯއްދަވާ!
  • ޅަދަރިފުޅަށް ކިރުދޭމައިން މިބޭސްބޭނުންކޮށްފައިވާނަމަ ކިރުގެ ތެރެއިގައި ބޭހުގެ އަސަރު ކުޑަކޮށްހުރެއެވެ. އެކަމަކު ދަރިފުޅަށް ކިރުދިނުމުން ދަރިފުޅަށް އެއްވެސް ގެއްލުމެއްވާކަމަށް އަދި ހޯދިފައެއްނުވެއެވެ.
  • މިބޭހާއި އެކީގައި އެހެންބޭހެއް ބޭނުންފުޅު ކުރައްވައިފިނަމަ ބައެއްފަހަރަށް ގައިގައި ފިއްނަގާ ހިރުވާކަން ވަރަށްމަދުން މިބޭސް އުފެއްދިފަރާތަށް ރިޕޯޓްކުރެވިފައިވެއެވެ.

ބޭސް ބޭނުން ކުރާނެގޮތް

އުނިއިތުރު ގެންނަވާ
 
500 މގ ޕެނަޑޯލް
  • ބޮޑުމީހުންނާއި އުމުރުފުރާ ޢުމުރުގެ ކުދިންނަށް ބޭނުންކުރާނީ ގުޅަބޭހާއި ކެޕްސޫލް އެވެ.ކޮންމެ 24 ގަޑިއިރަކު 4ފަހަރު 500 ނުވަތަ 750 މިލްގްރާމްގެ ގުޅައެއް 1ތަށި ފެނާއެކީ ދިރުވާލައްވާ.

24 ގަޑިއިރުގެ ތެރޭގައި 4000 މިލްގްރާމް އަށްވުރެންއިތުރު ވެއްޖެނަމަ އޯވަރ ޑޯސްވާނެ.

  • ކުޑަކުދިންގެ ޢުމުރު 4އަހަރާ 10އަހަރާ ދޭތެރޭ ކޮންމެ 24 ގަޑިއިރަކު 4ފަހަރު 1ސައިސަމްސާ (5އެމްއެލް/120މިލްގްރާމް) ގެބޭސް ބޯންދެއްވާ.
  • ޅަކުދިން 1އަހަރާ 3އަހަރާ ދޭތެރެ ކޮންމެ 24 ގަޑިއިރަކު 4ފަހަރު 2/1ސައިސަމްސާ (2.5އެމްއެލް/60މިލްގްރާމް) ގެބޭސް ބޯންދެއްވާ.
  • ތުއްތު ކުދިން 3-1 މަހުގެ ކުދިންނަށް ކުއްޖާގެބަރުދަނުގައި 4-6ކިލޯހުންނަނަމަ 0.6-0.9 އެމްއެލްގެ ބޭސް ތިކިޖައްސާ ބުންބާއިން ބޯންދެއްވާ.
  • ތުއްތު ކުދިން 3-6 މަހުގެ ކުދިންނަށް ކުއްޖާގެބަރުދަނުގައި 6-8ކިލޯހުންނަނަމަ 0.9-1.2 އެމްއެލްގެ ބޭސް ތިކިޖައްސާ ބުންބާއިން ބޯންދެއްވާ.
  • ތުއްތު ކުދިން 6-12 މަހުގެ ކުދިންނަށް ކުއްޖާގެބަރުދަނުގައި 8-10ކިލޯހުންނަނަމަ 1.5-1.8 އެމްއެލްގެ ބޭސް ތިކިޖައްސާ ބުންބާއިން ބޯންދެއްވާ.
  • ތުއްތު ކުދިން 3-6 މަހުގެ ކުދިންނަށް ކޮންމެ 24 ގަޑިއިރަކު 4ފަހަރު 1 އުގުރި ފުރަގަސްފަރާތަށް ޖައްސަވާ.
  • ކުޑަކުދިން ޢުމުރު 4-5 އަހަރުގެ ކުދިންނަށް ކޮންމެ 24 ގަޑިއިރަކު 4ފަހަރު 2 އުގުރި ފުރަގަސްފަރާތަށް ޖައްސަވާ.

ޙާއްސަ ސަމާލުކަން

އުނިއިތުރު ގެންނަވާ
  • ފޫކޮޅަށްޖަހާ އުގުރި (ސަޕޯސިޓަރީ) ބޭނުންކުރަނީ ހުންއައިސް ހޮޑުލެވޭ ކުދިންނަށް އަގައިން ބޭސް ނުދެވޭނަމައެވެ.
  • 6 މަހުންދަށުގެ ކުދިންނަށް ޑޮކްޓަރެއްގެ ލަފާގެމަތިން މިބޭސްބޭނުންކުރައްވާ.
  • ފުރަމޭ (ލިވަރ)ގެ ބައްޔެއް ހުރިނަމަ ޑޮކްޓަރެއްގެ ލަފާގެމަތިން މިބޭސްބޭނުންކުރައްވާ.
  • ގުރުދާ(ކިޑްނީ)ގެބަލީގެ މީހުން ޑޮކްޓަރެއްގެ ލަފާގެމަތިން މިބޭސްބޭނުންކުރައްވާ.
  • އަދި މިނޫނަސް މިބޭސް ބޭންބެއްލެވުމުން އާދަޔާ ޚިލާފު ގޮތްވާކަމަށް ތަޖުރިބާ ކުރެވިފައިވާ މީހުން މިބޭސް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރގެ ލަފާހޯއްދަވާ.
  • ހުސްގޮހޮރާހުރެ މިބޭސް ބޭނުންފުޅު ނުކުރައްވާ.
  • ޕެރަސެޓަމޯލް ނުވަތަ ޕެނަޑޯލްއަކީ ހަމައެއްބޭހެކެވެ.މިކަން ގިނަދިވެހިންނަށް އިގޭބާ؟ ނޭގޭ! ސަބަބަކީ ބޭސްފިހާރަތަކަށްގޮސް

މިއައީ ޕެރަސެޓަމޯލްއާއި،ޕެނަޑޯލް ގަންނާށޭ ބުނެއެވެ.ގިނަމީހުންނަށް ހީކުރާގޮތުގައި ޕެނަޑޯލް ބޭނުންކުރަނީ ހުމަށެވެ. ޕެރަސެޓަމޯލް ބޭނުންކުރަނީ ބޮލުގައިރިހުން ކަޑުވަން ކަމަށެވެ.މިއީ މުޅިން ކުށްހީއެކެވެ. ނޭގުމެއްގެ ތެރޭގައި މިހެން މިކަންކުރެވުމުން ދެން ނިކުންނާނީ ކޮންނަތީޖާއެއްހެއްޔެވެ.؟

  • މިދެނަމުގެބޭސް އެހެނަސް ކެވެނީ ހަމައެއްބޭހެކެވެ. އޭރުން ގަޑިއަކު އެކެވެނީ 500މިލްގްރާމްގެ ދެގުޅަ 1000މިލްގްރާމް.ދުވާލަކު ހަތަރުފަހަރު ކާނަމަ 4000މިލްގްރާމް.
  • ދެންވާގޮތަކީ ގުރުދާ(ކިޑްނީ)އަށް ބާރުބޮޑުވެ ފެއިލްވުމެވެ.އަދި ފުރަމޭ(ލިވަރ) ދުޅަވެ މުޅިމީހާ ވިހަވުމެވެ. މިކަމުގެ ނަތީޖާ އަކީ މަރުވުމެވެ.
  • ދަންނަވަންތޯ މިހެންމިކަންވާނީ ހަމައެކަނި ކިޑްނީގެ ބަލިކުރިންހުރި ނުވަތަ ފުރަމޭގެބަލި ހުރިމީހުންނަށް އެކަނިނޫން އިގޭތޯ!ސިއްޙަތު ސަލާމަތުން ހުރިކަމުގައި ވިއަސް އޯވަރ

ޑޯސް ވެއްޖަނަމަ ސިއްޚީ މައްސަލަތަކާއި ކުރިމަތިލާންޖެހޭނެއެވެ.

 
ޕެރަސިޓަމޯލް އެކިއެކި ގޮތްގޮތަށް

އަދި އިތުރަށް ބައްލަވާލައްވާ

އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ