ފުރިހަމަ ނަންފުޅަކީ ޔަޒީދު ބިން މުޢާވިޔަތު ބިން އަބީ ސުފްޔާން އެވެ. މަންމާފުޅަކީ މައިސޫން ބިންތި ބަހްދަލް އެވެ. މުޢާވިޔަތު ބިން އަބީ ސުފްޔާންގެ ދުނިޔޭގައި ޙަސަން ބިން އަބީ ޠާލިބް އަށް ޚަލީފާކަން ދިނުމަށް ނިންމެވި އެވެ. ނަމަވެސް ހިޖުރައިން 50ވަނަ އަހަރު ޙަސަން އަވަހާރަވުމުން މުޣީރާ ބިން ޝުޢުބާ ޔަޒީދު ވެރިކަމަށް އިސްކުރުމަށް އަހުދުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަމާއި މުއާވިޔަތު އެއްބަސްވެ ވަޑައިގެންނެވި އެވެ. މުއާވިޔަތު ޔަޒީދަށް ބައިއަތު ހިއްޕެވުމަށް އެދުމުން މަދީނާގެ އަހުލުވެރިން ފިޔަވައި އެހެން ހުރިހާ މީސްތަކުން ބައިއަތު ހިއްޕެވިއެވެ.

ޔަޒީދު ބިން މުޢާވިޔަތު ވެރިކަމަށް އިސްވުމަށް ފަހު މުސްލިމް ބިން ޢަގަބާ ވެރިއަކަށް ބަހައްޓައިގެން ލަޝްކަރެއް ފޮނުައްވައި މަދީނާގެ އަހުލުވެރިންނާއި ޙުއްރާއޭ ކިޔުނު ހަގުރާމަކޮށް ނަޞްރު ހޯދިއެވެ. އެހިނދު ނުރުހުންވާ ހާލުގައި މަދީނާގެ އަހުލުވެރިން ޔަޒީދު އަށް ބައިއަތު ހިއްޕެވި އެވެ.

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 60ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 680ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. ޚަލީފާކަން 3އަހަރު ދުވަހު ކޮށްފައިވެއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 39ވަނަ އަހަރެވެ.