ޒޮލިންޖަރ އެލީސެން ސިންޑްރޯމް
ޒޮލިންޖަރ އެލީސެން ސިންޑްރޯމް(އިނގިރޭސި ބަހުން: Zollinger-Ellison syndrome ) އަކީ ގެސްޓްރިން ހޯރމޯން ގެ މިންވަރު މަތިވެ، މައިދާ އިން ހައިޑްރޯކްލޮރިކް އެސިޑް ދޫކުރާ މިންވަރު އިތުރުވާ ބައްޔެކެވެ. މިބަލި ޖެހޭ މައިގަނޑު ސަބަބަކީ ޗިސްމޭ ނުވަތަ ޑުއަޑީނަމް ގައި ޓިއުމަރު ނުވަތަ ކެންސަރު އުފެދި އޭގެ ސަބަބުން ގެސްޓްރިން ހޯރމޯން ގެ މިންވަރު މަތިވެ، ހައިޑްރޯކްލޮރިކް އެސިޑް ދޫކުރާ މިންވަރު އިތުރުވެ، އާޚިރު ނަތީޖާއެއްގެ ގޮތުން ގޮހޮރުގެ ފާރު އުފެދޭގޮތް ވެއެވެ.