ޒާކިރު ޙުސައިން
ޑރ. ޒާކިރު ޙުސައިން (8 ފެބުރުވަރީ 1897 - 3 މެއި 1969) އަކީ އިންޑިޔާގެ ތިންވަނަ ރައީސްއެވެ. އަދި ދެވަނަ ނާއިބް ރައީސެވެ. އިންޑިޔާގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަތް ފުރަތަމަ މުސްލިމް ބޭފުޅަކީ ވެސް ޑރ. ޒާކިރު ޙުސައިންއެވެ.