ޑރ މަޙުމޫދު ޝައުގީ އަކީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރެވެ. ކެނެޑާގައި ޕީއެޗްޑީ ހައްދަވާފައިވާ ޝައުގީ ވަނީ ކުރިން ބައެއް އެހެން މިނިސްޓްރީތަކުގެ މިނިސްޓަރުކަން ވެސް ކޮށްފައެވެ. އެގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަން، އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ގެ މަގާމް ފުރުއްވާފައި ވެއެވެ.

ޑރ މަޙުމޫދު ޝައުގީ އަދި ބުރުމާ ގާސިމް

2006 ވަނަ އަހަރު މަޖީދިއްޔާ ސުކޫލްގެ ހުރިހާ ގޮތަކުން އެންމެ ރަގަޅު ދަރިވަރަކަށް ހޮވިފައިވަނީ ޑރ ޝައުގީގެ ދަރިކަލުން އަބުދުއްރަހުމާން ޝައުގީއެވެ. ޑރ ޝައުގީ ޕީއެޗްޑީ ޙާޞިލްކުރެއްވީ ކެނެޑާގެ އަލްބާޓާ ޔުނިވަސިޓީ އިންނެވެ. ޑރ މަޙުމޫދު ޝައުގީ އަކީ ރާއްޖޭގެ މަޝްހޫރު އޮގަރު ޢާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ. ޑރ މަޙުމޫދު ޝައުގީގެ މަންމާ ފުޅަކީ އޮގަރު ފާއިޒާ އެވެ.