ޑރ. ޢަލީ ޒާހިރު ބެޗްލަރސް ޑިގުރީ ހާސިލުކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން އިސްލާމްދީނާއި ޙަދީޘް ޢިލްމުގެ ދާއިރާއިންނެވެ. މާސްޓާރސް ޑިގުރީ ހާސިލުކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެއަށްފަހު ޕީއެޗްޑީ ސިލު ކުރެއްވީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) ގެ ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ.

ޑރ. ޢަލީ ޒާހިރު

ޑރ. ޢަލީ ޒާހިރު ވަނީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި ކިޔަަވައިދެއްވައިފައެވެ. އަދި 2009 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގެން ކިޔަވައިދެއްވަން ފެއްޓެވިއެވެ. މީގެއިތުރުން ޑރ. ޢަލީ ޒާހިރު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާގެ ލޯގެ ޑީން ކަމާއި އެސިސްޓަންޓް ޕްރޮފެސަރުކަން ކުރައްވައިފައެވެ. ޑރ. ޢަލީ ޒާހިރު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުގެ މަޤާމުގައެވެ. އަދި އެ މަނިކުފާނަކީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ.

ޑރ. ޢަލީ ޒާހިރަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވަނީ

ޑރ. ޢަލީ ޒާހިރަށް އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތް ކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން 2022 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.