ސެރެލިއޯން
ސެރެލިޔޯން އަކީ ނުވަތަ ސިއެރަލިޔޯންއަކީ އެފްރިިކާގެ ހުޅަނގު ބިތަށް ނިސްބަތްވާ ޤައުމެކެވެ.
Republic of Sierra Leone Sierra Leone | |
---|---|
މޮޓޯ: "Unity, Freedom, Justice" | |
ގައުމީ ސަލާމް: High We Exalt Thee, Realm of the Free | |
ވެރިރަށް and largest city | Freetown |
ރަސްމީ ބަސްތައް | English |
National language | Krio (de facto) spoken by 97% of the population[1][2] |
ޑިމޮނިމް | Sierra Leonean |
ސަރުކާރު | Constitutional republic |
Ernest Bai Koroma (APC) | |
Alhaji Samuel Sam-Sumana (APC) | |
Abel Nathaniel Bankole Stronge (APC) | |
Umu Hawa Tejan Jalloh | |
• from the United Kingdom | April 27, 1961 |
• Republic declared | April 19, 1971 |
ސަރަޙައްދު | |
• Total | 71,740 km2 (27,700 sq mi) (119th) |
• Water (%) | 1.1 |
އާބާދީ | |
• July 2009 estimate | 6,440,053[2] |
• Density | 79.4/km2 (205.6/sq mi) (114th1) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $4.268 billion[3] |
• ބޮލަކަށް ޖެހެނީ | $725[3] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $1.953 billion[3] |
• ބޮލަކަށް ޖެހެނީ | $331[3] |
ޖިނީ (2003) | 62.9 very high |
އެޗްޑީއައި (2007) | 0.365 Error: Invalid HDI value (180th) |
ފައިސާ | Leone (SLL) |
ޓައިމް ޒޯން | ޔޫޓީސީ+0 (GMT) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 232 |
އައިއެސްއޯ 3166 ކޯޑް | SL |
އިންޓަރނެޓް ޓީއެލްޑީ | .sl |
1 Rank based on 2007 figures. |
އަވަސް ކަޅިއަކުން ބަލައިލުމެއް
އުނިއިތުރު ގެންނަވާސެރެލިޔޯންގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި ބެންގާލީ ބަހެވެ. ބެންގާލީ ބަސް މި ޤައުމުގެ ރަސްމީ ބަހެެއް ކަމުގައި ހަމަޖައްސާފައިވަނީ ސެރެލިޔޯންގައި ޞުލްޙަ ބެލެހެއްޓުމުގެ ގޮތުން ޙަރަކާތްތެރިވި 5300 ބެންގާލީ ސިފައިންގެ ޝަރަފުގައެވެ. މި ޤައުުމުގެ ޤައުމީ ބަހަކީ ކްރިއޯއެވެ. މިއީ މި ޤައުމުގެ 97% މީހުން ވާހަކަދައްކާ ބަހެވެ. އެހެން ނަމަވެސް މި ބަހަށް ރަސްމީ ބަހެއްގެ ދަރަޖަ ލިބިފައެއް ނުވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސިއެރަލިއޯނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ފްރީޓައުންއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 108 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 71740 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sl. އެވެ. ކޯލިން ކޯޑަކީ +232 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ލިއޯންއެވެ.
ނަން
އުނިއިތުރު ގެންނަވާމި ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ސިއެރަލިޔޯންއެވެ. ސިއެރަލިޔޯންގެ މާނައަކީ ލިއޯން ފަރުބަދައެވެ. މިއީ ލިއޯން ފަރުބަދައަށް ނިސްބަތްކޮށް ކިޔާފައިވާ ކަމެކެވެ.
ޖުޣުރާފީ
އުނިއިތުރު ގެންނަވާސެރެލިޔޯންގެ އުތުރުގައި އޮތީ ގިނީއެވެ. އިރުދެކުނުގައި އޮތީ ލައިބީރިޔާއެވެ. ހުޅަނގު ދެކުނުގައި އޮތީ އެޓްލާންޓިކް މާ ކަނޑެވެ.
ތާރީޚު
އުނިއިތުރު ގެންނަވާއާސާރީ ހެކިތަކުން ފެންނަ ގޮތުގައި ސެރެލިޔޯންގައި މީހުން އާބާދުވެ ދިރިއުޅެމުން ގެންދާތާ 2500 ވަރަކަށް އަހަރުވަނީ ވެފައެވެ. ސެރެލިޔޯންގައި ދަގަނޑު ބޭނުން ކުރަން ފަށާފައިވަނީ މީލާދީން 9 ވަނަ ޤަރުނާ ހަމައިގައި ކަމަށް ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އައްސޭރި ފަށުގައި ދިރިއުޅޭ ޤަބީލާތަކުގެ މީހުން ދަނޑުވެރިކަމުގެ މަސައްކަތް ވަނީ މީލާދީން 1000 ހާ ތާނގައެވެ. ހުޅަނގު އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ޔޫރަޕުގެ މީހުންނާ އެންމެ ފުރަތަމަ ގުޅުން އުފެދުނު ޤައުމަކީ ވެސް ސެރެލިޔޯންއެވެ. މީލާދީން 1462 ވަނަ އަހަރުގައި ޕޯޗުގީޒުން ސިއެރަލިޔޯނަށް އައެވެ. ޕޯޗުގީޒުން ވަނީ 1495 ވަނަ އަހަރުގައި ސެރެލިޔޯންގެ ކިއްލާ ބިނާކޮށްފައެވެ. މިއީ ފަހުން ވެގެން ދިޔައީ ވިޔަފާރި އާއި އިޤްތިޞާދުގެ މައި މަރުކަޒަކަށެވެ. ޕޯޗުގީޒުންގެ ފަހުން ޑަޗުންނާއި ފަރަންސޭސީން ސެރެލިޔޯނަށް އައެވެ. މި ހުރިހާ އެންމެން ވެސް ސެރެލިޔޯން މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ އަޅުންގެ ވިޔަފާރީގެ ނުގުތާއެއްގެ ގޮތުގައެވެ. މީލާދީން 1562 ގައި އިނގިރޭސީން ސެރެލިޔޯންގެ އަޅުންގެ ވިޔަފާރީގެ ތެރެއަށް ވަނެވެ. ސެރެލިޔޯނަށް އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 27 އެޕްރީލް 1961 ގައެވެ. ސެރެލިޔޯނުން ޖުމްހޫރިއްޔަތެއް އިޢުލާންކޮށްފައި ވަނީ 19 އެޕްރީލް 1971 ގައެވެ. ސެރެލިޔޯންގައި ހިނގަމުން ދިޔަ ހަމަ ނުޖެހުންތައް ނިމުމަކަށް އައުމަށް ފަހުގައި، ސެރެލިޔޯނުން ވަނީ ތަރައްޤީގެ މަގުގައި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
ޑެމޮގްރަފިކްސް
އުނިއިތުރު ގެންނަވާސެރެލިޔޯންގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 6 މިލިޔަނެއް ހައި މީހުންގެ ތެރެއިން އެއް މިލިޔަނެއް ހައި މީހުން ދިރިއުޅެމުން ގެންދަނީ ވެރިރަށް ފްރީޓައުންގައެވެ. ސެރެލިޔޯންގެ އާބާދީގެ 60% މީހުންގެ ދީނަކީ އިސްލާމްދީނެވެ. 10% މީހުންގެ ދީނަކީ ކްރިސްޓިޔަން ދީނެވެ. 30% މީހުންނަކީ އަދިވާސީ ދީންތަކަށް ތަބާވާ މީހުންނެވެ.
ސަގާފަތު
އުނިއިތުރު ގެންނަވާއާދަކާދަ އާއި ސަގާފަތަށް ބަލާއިރުގައި ސެރެލިޔޯން އަކީ އަވަށްޓެރި އެހެން ޤައުމުތަކާ ތަފާތު ޤައުމެއް ނޫނެވެ. ބޯދާ އާދަތަކާއި ޤަދީމީ ވައްތަރަށް ކުޅޭ މިއުޒިކަކީ ހުޅަނގު އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ސެރެލިޔޯނުގައި ވެސް ޚާއްޞަ ޤަދަރެއް ދެވިފައިވާ އެއްޗެކެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާއެތައް ދުވަހެއް ވަންދެން ހަނގުރާމައިގެ ތެރޭގައި އޮތުމަށް ފަހުގައި މިއަދު ސެރެލިޔޯންގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާން ފަށާފައިވާ ކަމަށް މި ދާއިރާގެ ތަޖްރިބާކާރުން ވިދާޅުވެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 725 ޑޮލަރެވެ.
- ↑ Cite error: Invalid
<ref>
tag; no text was provided for refs namedhttps://eprints.soas.ac.uk/181
- ↑ 2.0 2.1 Cite error: Invalid
<ref>
tag; no text was provided for refs namedCIA
- ↑ 3.0 3.1 3.2 3.3 "Sierra Leone". International Monetary Fund. Retrieved 2009-10-01.