ސޫދާނުގެ ދާޚިލީ ހަނގުރާމަ (2023–މިހާރު)
ސޫދާނުގެ އަސްކަރީ ސަރުކާރުގެ ވާދަވެރި ދެ ފަޅިއެއްގެ މެދުގައި ދާޚިލީ ހަނގުރާމައެއް ފެށުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު، (ރަމަޟާން މަހު) އެވެ. މި ހަމަނުޖެހުން ހިނގަނީ އަބްދުލް ފައްތާހު އަލް ބުރުހާން އިސްކޮށް ހުންނަވައިގެން ސޫދާނުގެ ސިފައިންނާއި ޖަންޖަވީދުގެ ލީޑަރު ހެމެދުތީ އިސްކޮށް ހުންނަވައިގެން ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އާއި ދެމެދުގަ އެވެ. މާރާމާރީތައް މައިގަނޑު ގޮތެއްގައި ހިނގާފައިވަނީ ޚާރްޠޫމާއި ދަރުފުރު ސަރަހައްދުގައެވެ.[1] 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 13،000 އާއި 15،000 އާއި ދެމެދުގެ އަދަދަކަށް މީހުން މަރުވެ، 33،000 މީހުން ޒަޚަމްވެފައިވެއެވެ.[2][3] ޖޫން 11، 2024 ގެ ނިޔަލަށް ސޫދާނުގެ ތެރޭގައި 7.2 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާއިރު 2.1 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި އެގައުމުން ފިލައިގެން ގޮސްފަ އެވެ. މަސަލިތު ޤަތުލުއާންމުތަކުގައި ދަރުފުރުގައި އާންމުންގެ އެތައް ބަޔަކު މަރުވެފައިވާކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ.[4]
ސޫދާނުގެ ދާޚިލީ ހަނގުރާމަ | ||||||||
---|---|---|---|---|---|---|---|---|
ސޫދާނުގެ ދާޚިލީ ހަނގުރާމަތައް | ||||||||
20 ޖޫން 2024 ގެ ނިޔަލަށް އަސްކަރީ ހާލަތު ކޮންޓްރޯލް ކުރަނީ ސޫދާނުގެ ސިފައިންނާއި އެކުވެރިން
ކޮންޓްރޯލް ކުރަނީ ރެޕިޑް ސަޕޯޓް ފޯސަސްތަކުން
ކޮންޓްރޯލް ކުރަނީ އެސްޕީއެލްއެމް-އެން (އަލް-ހިލޫ)
ކޮންޓްރޯލް ކުރަނީ އެސްއެލްއެމް (އަލްނޫރު)
ކޮންޓްރޯލް ކުރަނީ ދަރުފުރު ޖޮއިންޓް ފޯސް | ||||||||
| ||||||||
ހަނގުރާމަވެރިން | ||||||||
ސޫދާނުގެ ސަރުކާރު | ރެޕިޑް ސަޕޯޓް ފޯސަސް | އެސްޕީއެލްއެމް-އެން |
މި ހަނގުރާމަ ފެށިގެން އައީ ސޫދާނުގެ ސަރުކާރުގެ ތަންތަނަށް ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އިން ހަމަލާދީ ފުޅާދާއިރާއެއްގައި ވައިގެ ހަމަލާތަކާއި އާޓިލަރީ ބަޑިތަކެއް ޖެހުމުންނެވެ. ޚާރްޠޫމް އާއި އޮމްދުރުމާން ދެ ފެކްޝަންގެ މެދުގައި ބައިބައިވެ، އަބްދުލް ފައްތާހު އަލް ބުރުހާން ވަނީ ޚާރްޠޫމްގެ ސަރުކާރުގެ ގިނަ އިމާރާތްތައް އާރުއެސްއެފް އިން ހިފުމަށް ފަހު އޭނާގެ ސަރުކާރު ޕޯޓް ސޫދާނަށް ބަދަލުކޮށްފަ އެވެ. ބައިނަލްއަގްވާމީ ބާރުތަކުން ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރުމަށް ކުރި މަސައްކަތްތަކުގެ ސަބަބުން ޖިއްދާގެ މުއާހަދާއެއް އުފެދި، އެންމެ ފަހުން އެ މުއާހަދާ ނާކާމިޔާބުވެ، އެ މުއާހަދާ ދޫކޮށްލި އެވެ.[5]
އޭގެ ފަހުން އައި މަސްތަކުގެ ތެރޭގައި ކުރިން ސޫދާނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި ބާޣީ ޖަމާއަތްތަކުން ވެސް އެ ހަމަނުޖެހުންތަކާ ގުޅުމުން ސްޓޭލްމޭޓެއް އުފެދުނެވެ. ނޮވެމްބަރު މަހުގެ މެދުތެރޭގައި ސޫދާން ލިބަރޭޝަން މޫވްމަންޓްގެ ފެކްޝަންތަކެއް ކަމަށްވާ މިނީ މިނާވީ އާއި މުސްތަފާ ތަމްބޫރުގެ އިތުރުން ޖަސްޓިސް އެންޑް އިކުއަލިޓީ މޫވްމަންޓް (ޖޭއީއެމް) ވެސް ވަނީ ސާފްއާ ގުޅިފަ އެވެ. އަދި އެއާ ޚިލާފަށް ތަމަޒޫޖް ހަރަކާތުން އާރުއެސްއެފްއަށް ތާއީދުކުރިއިރު، ސޫދާން ޕީޕަލްސް ލިބަރޭޝަން މޫވްމަންޓް-އުތުރުގެ އަބްދުލްއަޒީޒް އަލް ހިލޫ ފެކްޝަނުން ސޫދާނުގެ ދެކުނުގައި ހުރި ސާފްގެ މަގާމުތަކަށް ހަމަލާދިނެވެ.[6][7][8]
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އާރުއެސްއެފް އަށް ބާރު ލިބި، ދާފުރުގައި ކާމިޔާބީތައް ހޯދައި، ޚާރްޠޫމް ސްޓޭޓާއި، ކޮރްޑޯފާން އަދި ގެޒީރާ ސްޓޭޓްގައި ކުރިއެރުންތަކެއް ހޯދި އެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޮމްދުރުމާނުގައި ސާފްއިން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އިތުރު މަޝްވަރާތަކެއް ކުރި ނަމަވެސް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާއިރު، ގިނަ ގައުމުތަކުން ދެ ފަރާތަކަށް ވެސް އަސްކަރީ ނުވަތަ ސިޔާސީ އެހީތެރިކަން ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.[9][10]
މަސްދަރުތައް
އުނިއިތުރު ގެންނަވާ- ↑ "100 days of conflict in Sudan: A timeline" (in English). Al Jazeera. 24 July 2023. Archived from the original on 28 September 2023. Retrieved 28 September 2023.
- ↑ "More than 13,000 people killed in Sudan conflict: UN". TRT World (in English). Archived from the original on 21 January 2024. Retrieved 21 January 2024.
- ↑ "UN humanitarian office raises alarm over fighting in eastern Sudanese state". Anadolu Agency. 19 December 2023. Archived from the original on 9 January 2024.
- ↑ "Genocide returns to Darfur". The Economist. ISSN 0013-0613. Archived from the original on 10 November 2023. Retrieved 11 November 2023.
- ↑ "After one year of war, Sudan is a failing state". The Economist. 2024-04-15. ISSN 0013-0613. Archived from the original on 17 April 2024. Retrieved 2024-04-16.
- ↑ "South Kordofan residents flee as Sudan war escalates". al-Arabiya (in English). 23 June 2023. Archived from the original on 30 June 2023. Retrieved 23 June 2023.
- ↑ "Battle For Key Police Base Kills At Least 14 Sudan Civilians". Barron's (in English). 26 June 2023. Archived from the original on 27 June 2023. Retrieved 27 June 2023.
- ↑ "Tamazuj group aligns with RSF in Sudan's ongoing war". Sudan Tribune (in British English). 17 August 2023. Archived from the original on 20 October 2023. Retrieved 18 August 2023.
- ↑ Abdelaziz, Khalid; Eltahir, Nafisar (6 December 2023). "Sudanese warring parties dig in as Jeddah talks falter again". Reuters. Archived from the original on 11 December 2023. Retrieved 11 December 2023.
- ↑ Ahmadi, Ali Abbas (18 April 2023). "Who are the major international actors involved in Sudan's violence?". The New Arab. Archived from the original on 11 December 2023. Retrieved 11 December 2023.