ސުލޮވާކިއާ
ސްލޮވާކިޔާއަކީ މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބިންބަންދު ޤައުމެކެވެ.
Slovak Republic Slovenská republika | |
---|---|
ގައުމީ ސަލާމް: Nad Tatrou sa blýska "Lightning Over the Tatras" | |
ވެރިރަށް and largest city | Bratislava |
ރަސްމީ ބަސްތައް | Slovak |
ނަސްލު ގުރޫޕުތައް | 85.8% Slovak, 2.8% other minority groups |
ޑިމޮނިމް | Slovak |
ސަރުކާރު | Parliamentary republic |
Zuzana Čaputová | |
Peter Pellegrini | |
Andrej Danko | |
• from Austria–Hungary | October 28, 1918 |
January 1, 1993 | |
ސަރަޙައްދު | |
• Total | 49,035 km2 (18,933 sq mi) (123) |
• Water (%) | negligible |
އާބާދީ | |
• 2001 census | 5,379,455 (109th) |
• Density | 111/km2 (287.5/sq mi) (88th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $119.464 billion[1] (58th) |
• ބޮލަކަށް ޖެހެނީ | $22,096[1] (40th) |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $95.404 billion[1] (57th) |
• ބޮލަކަށް ޖެހެނީ | $17,646[1] (40th) |
ޖިނީ (2008) | 19.5 low (1st) |
އެޗްޑީއައި (2007) | 0.880 Error: Invalid HDI value (42nd) |
ފައިސާ | Euro (€)2 (EUR2) |
ޓައިމް ޒޯން | ޔޫޓީސީ+1 (CET) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+2 (CEST) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | +4214 |
އައިއެސްއޯ 3166 ކޯޑް | SK |
އިންޓަރނެޓް ޓީއެލްޑީ | .sk3 |
1 Czechoslovakia split into the Czech Republic and Slovakia; see Velvet Divorce. 2 Before 2009: Slovak Koruna 3 Also .eu, shared with other European Union member states. 4 Shared code 42 with Czech Republic until 1997. |
އަވަސް ކަޅިއަކުން ބަލައިލުމެއް
އުނިއިތުރު ގެންނަވާސްލޮވާކިޔާގެ ރަސްމީ ބަހަކީ ސްލޮވެކް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސްލޮވެކްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބްރަތިސްލާވާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 111 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 49035 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sk. އެވެ. ކޯލިން ކޯޑަކީ +421 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
ނަން
އުނިއިތުރު ގެންނަވާސްލޮވާކިޔާގެ މާނައަކީ ސްލާވް ދަރިކޮޅުގެ މީހުންގެ ވަޒަނެވެ. މި ޤައުމަށް ރަސްމީ ގޮތުން ކިޔާ ނަމަކީ ދަ ސްލޮވެކް ރިޕަބްލިކެވެ.
ޖުޣުރާފީ
އުނިއިތުރު ގެންނަވާސްލޮވާކިޔާގެ ހުޅަނގުގައި އޮތީ ޗެކް ރިޕަބްލިކާއި އޮސްޓްރިޔާއެވެ. އުތުރުގައި އޮތީ ޕޮލޭންޑެވެ. އިރުމަތީގައި އޮތީ ޔުކްރެއިނެވެ. ދެކުނުގައި އޮތީ ހަންގޭރީއެވެ.
ތާރީޚު
އުނިއިތުރު ގެންނަވާސްލޮވާކިޔާގެ އާސާރުތަކަށް ބަލާއިރުގައި އެ ޤައުމުގައި އިންސާނުންގެ އާބާދީއެއް މީގެ އެތައް އަހަރެއް ކުރީން ވެސް ދިރިއުޅެފައިވާކަން ސާބިތުވެއެވެ. އާކިއޮލޮޖިސްޓުން ވަނީ ޤަދީމީ ޒަމާނުގެ އިންސާނުންގެ ކަށިތައް ވެސް މި ޤައުމުން ހޯދާފައެވެ. ޢީސާއީ މީލާދުގެ 500 އަހަރު ކުރީން މި ސަރަޙައްދުގައި ދިރިއުޅެފައިވަނީ ސެލްތުންނެވެ. މިހާރުގެ ސްލޮވާކިޔާ ސަރަޙައްދުގައި ސްލެވިކް ޤަބީލާތަކުގެ މީހުން ވަޒަންވެރި ވެފައިވަނީ މީލާދީން ފަސްވަނަ ޤަރުނު ހާ ތާނގައެވެ. މީލާދީން 7 ވަނަ ޤަރުނުގެ ސާމޯ އެމްޕަޔަރގެ މައި މަރުކަޒެއް ކަމުގައި އޮތީ މިހާރުގެ ސްލޮވާކިޔާގެ ހުޅަނގު ބިތެވެ. ސްލެވިކް ދައުލަތެއްގެ ގޮތުގައި ޕްރިންސިޕަލިޓީ އޮފް ނި^ްރާ 8 ވަނަ ޤަރުނުގައި ޤާއިމުވިއެވެ. އަދި މި ދައުލަތުގެ ވެރިޔާ ކަމުގައިވާ ޕްރިބީނާގެ ނަޞާރާ ފައްޅިއަކީ އެންމެ ފުރަތަމަ ސްލޮވާކިޔާ ސަރަޙައްދުގައި ތާރީޚުން އެނގެން ހުރި ފުރަތަމަ ފައްޅިއެވެ. މީލާދީން 830 ވަނަ އަހަރުން ފެށިގެން 896 ވަނަ އަހަރާ ހަމަޔަށް ފެނިގެން ދިޔައީ ގްރޭޓް މޮރާވިޔާގެ ދުވަސްވަރެވެ. ޗެކްސްލޮވާކިޔާގައި އޮތް ކޮމިއުނިސްޓް ވެރިކަން 1989 ވަނަ އަހަރު ނިމުމަކަށް އައުމަށް ފަހުގައި ޗެކް ރިޕަބްލިކާއި ސްލޮވާކިޔާ އޮތީ ފެޑެރޭޝަނެއްގެ ގޮތުގައެވެ. މި ގޮތުން ހިނގަމުން އައި ވެރިކަން ނިމުމަކަށް އައީ “ވެލްވެޓްގެ ވަރިވުމުން”ނެވެ. ސްލޮވާކިޔާއަށް ހަންގޭރީ-އޮސްޓްރިޔާގެ ކިބައިން މިނިވަންކަން ލިބުނީ އޮކްޓޯބަރު 28، 1918 ގައެވެ. ޗެކްސްލޮވާކިޔާއިން ވަކިވެ އެ ޤައުމުގެ ދާއިރާ ހަނިވެގެން ދިޔައީ 1 ޖަނަވަރީ 1993 ގައެވެ. ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވުމުގެ ސަބަބުން ބޮޑު މިނިވަންކަމެއް ލިބިގެން ދިޔައީ 1 މެއި 2004 ގައެވެ.
ޑެމޮގްރަފިކްސް
އުނިއިތުރު ގެންނަވާސްލޮވާކިޔާގެ އާބާދީގެ 85.8% މީހުންނަކީ ސްލޮވެކް ނަސްލުގެ މީހުންނެވެ. 9.5% މީހުންނަކީ ހަންގޭރީ ދަރިކޮޅުގެ މީހުންނެވެ. 1.9% މީހުންނަކީ ރޯމާ ނުވަތަ ޖިޕްސީންނެވެ. 2.8% މީހުންނަކީ އެހެނިހެން މައިނޯރިޓީ ގުރޫޕްތަކެވެ.
ސަގާފަތު
އުނިއިތުރު ގެންނަވާސްލޮވާކިޔާއަކީ ފަންނުވެރިންގެ ގައުމެކެވެ. މެދު ޒަމާނުގައި ސްލޮވާކިޔާގެ ފަންނުވެރިކަން ވަރަށް ބޮޑަށް ކުރި އަރައިގެން ދިޔައެވެ. މީލާދީން 18 ވަނަ ޤަރުނާއި 19 ވަނަ ޤަރުނު ވެގެން ދިޔައީ ސްލޮވެކް ބަހަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔަ ދުވަސްވަރަކަށެވެ. އެހެން ގޮތް ގޮތުން ބަލާއިރުގައި ސްލޮވާކިޔާގެ ސަގާފަތާއި އަވަށްޓެރި ޤައުމުތަކުގެ ސަގާފަތާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާސްލޮވާކިޔާގެ އިޤްތިޞާދަކީ ވަރަށް ބޮޑަށް ކުރިއަރާފައިވާ އިޤްތިޞާދެއް ކަމަށް ބެލެވިފައިވެއެވެ. ކުރީގައި ސްލޮވާކިޔާގެ އިޤްތިޞާދަކީ މަރުކަޒީ ގޮތުން ކޮންޓްރޯލް ކުރެވިފައި އޮތް އިޤްތިޞާދެއް ކަމުގައި ވިޔަސް މިހާރު އެއީ ބާޒާރުގެ ޙާލަތަށް ބިނާވެފައި އޮތް އިޤްތިޞާދެކެވެ. ޕްރައިވެޓައިޒް ކުރުމުގެ ގޮތުން ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް ވަނީ މުޅީންހެން ނިމިފައެވެ. ބޭންކުތައް މުޅީން ވެސް ހުރީ ޕްރައިވެޓައިޒްވެފައެވެ. ފޮރިން އިންވެސްޓްމަންޓްތަކަށް ޤައުމުވަނީ ހުޅުވާލެވިފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 22096 ޑޮލަރެވެ.