ސުލައިމާން ބިން ޢަބުދުލް މަލިކް

ފުރިހަމަ ނަންފުޅަކީ ސުލައިމާން ބިން މަރުވާން ބިން ޙަކަމް އެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 60ވަނަ އަހަރުގައެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 69ވަނަ އަހަރުގެ ޖުމާދިލް އާޚިރު މަހުގެ 15ވަނަ ދުވަހު އެވެ. އެއީ މީލާދީން 715 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ސުލައިމާން ބިން ޢަބުދުލް މަލިކް އަކީ ދޫހެލޭ ބޭފުޅެކެވެ. އަދުލު އިންޞާފަށް ލޯބިކުރައްވާ ﷲ މަގުގައި ޖިހާދުކުރުމަށް ފަސްޖެހިވަޑައި ނުގަންނަވާ ބޭފުޅެކެވެ.ޚަލީފާކަމުގެ ދުވަސްވަރު އެކިކަންކަމުގައި އަބަދުވެސް ޢުމަރުބިން ޢަބުދުލް ޢަޒީޒު އަދި ރަޖާއު ބިން ޙައިވާއާއި މަޝްވަރާކުރައްވައެވެ. އިރާގުގެ ޖަލުގައި ތިއްބެވި މީހުން ނެރެ މިނިވަން ކުރެއްވިއެވެ. ނަމާދު އޭގެ ވަގުތުގެ ކުރީކޮޅުގައި ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ.

ސުލައިމާން ބިން ޢަބުދުލް މަލިކް ގެ ޚިލާފަތުގައި ޤަސްޠަންޠީނިއްޔާ މިނިވަން ކުރެއްވުމަށްޓަކައި އޭނާގެ އަޚު މަސްލަމާ ބިން ޢަބުދުލް މަލިކް ފޮނުއްވިއެވެ. އަދި އެތަން ފަތަހަ ކުރެވެންދެން އެތާގައި މަޑުކުރެއްވުމަށް އެންގެވިއެވެ. މަސްލަމާ ބިން ޢަބުދުލް މަލިކް އެތާގައި މަޑުކޮށް އެތަން ޙިޞާރު ކުރެއްވިއެވެ. ނަމަވެސް ފަތަހައެއް ނުކުރެއްވެއެވެ.ސުލައިމާން ބިން ޢަބުދުލް މަލިކް އަކީ އިލްމުވެރިންނާއި އެކު ވަގުތުތައް ހޭދަކޮށް އެމީހުންގެ ތަގުރީރުތަކާއި، ނަޞޭހަތްތައް އަޑުއެހުމަށް ލޯބިފުޅު ކުރެއްވި ވެރިއެކެވެ. ދުނިޔެ ދޫކުރެއްވީ ހިޖުރައިން 99ވަނަ އަހަރުގައެވެ.