ސިންގާ އަކީ ހަތަރު މޮއްގަނޑު ޖެހި މިނިކާ ވަލުޖަނަވާރެކެވެ. ބުޅަލުގެ އާއިލާގެ ބިޔަ ޖަނަވާރެކެވެ. ސިންގާ އަކީ އޭގެ ފިރިހެން އެއްޗެހީގެ ބަރުދަނުގައި 250 ކިލޯ ހުންނަ ޖަނަވާރެކެވެ. ސިންގާ އާންމުކޮށް މިހާރު ދިރިއުޅެނީ އެފްރިކާގެ ސަބްސަހާރާއާއި އޭޝިޔާގައެވެ. ސިންގާ އަކީ މިހާރު ދުނިޔެއިން ނެތިވެގެން ހިގައިދާނެ ކަމުގެ ބިރު ހީވެފައިވާ އެއްޗެހީގެ ލިސްޓުގައިވާ ޖަނަވާރެކެވެ. އެފްރިކާގެ އުތުރުބިތުންނާއި ހުޅަގު ދެކުނު އޭޝިޔާއިން ވަނީ މިޖަނަވާރު ނެތިގެން ގޮސްފައެވެ. ވަލު ސިންގާ އެއްގެ އެވްރެޖް އުމުރަކީ ދިހައެއް ނުވަތަ ފަނަރަ ވަރަކަށް އަހަރެވެ. ހިފައިގެން ގެންގުޅޭ ސިންގާ ވިހިއަހަރު ދުވަހު ދުނިޔޭގައި ތިބެއެވެ.


ސިންގާ މިބަސް އުފެދުނުގޮތް: (އެޓީމޯލޮޖީ)

އުނިއިތުރު ގެންނަވާ

ސިންގާ މިބަހަކީ ގަދަފަދަ ކަމެވެ. އިގިރޭސިބަހުން ސިންގާ އަކީ ލަޔަން އެވެ. ލަޔަން މިބަހަކީ ރޯމަން ބަހުން ލެޓިން ބަހަށް ބަދަލުވެފައިވާ ލިއޯއެވެ. މުސްކުޅި ގުރީކު ބަހުންނަމަ ލިއޮން އެވެ. ހީބުރޫ ބަހުން ނަމަ ލާވީ އެވެ. އަދި މުސްކުޅި މިސްރު ބަހުންނަމަ ސިންގާ އަށް ކިޔަނީ (ROW) ރޯ އެވެ.


udeylia 11:56, 24 މެއި 2010 (UTC)