ސާރޓޯލީ ސެލް
ސާރޓޯލީ ސެލްތަކަކީ މަނި އުފައްދައިދޭ ކުދިކުދި ހޮޅިތަކުގެ ކައިރިފަށުގައިވާ އެޕިތީލިއަމް ގައި ހުންނަ ސެލްތަކެކެވެ. މިސެލްގެ ބޭރު ފަށަލައިގައި ފޮލިކިއުލާރ ސްޓިމިއުލޭޓިންގ ހޯރމޯން(FSH) އަށް ރިސެޕްޓަރ ތަކެއް ވެއެވެ. އަދި މިބުނި ހޯރމޯންގެ ސަބަބުން މި ސެލްތައް ހީވާގިވެ، މުރާލި ކުރުވައެވެ. ބޮޑުވަމުން އަންނަ ސްޕާރމް ސެލްތަކަށް ކާންދީ ބޮޑުކުރުމުގައި ސާރޓޮލި ސެލްތައް ބައިވެރިވެއެވެ.
ވަޒީފާ
އުނިއިތުރު ގެންނަވާސާރޓޯލީ ސެލްތަކުން އަންނަނިވި ހޯރމޯންތައް ދޫކުރެއެވެ.
- އެންޓި މުލޭރިއަން ހޯރމޯން: ކުޑަ ދަރިފުޅު ބަނޑުގައި އޮންނަ ދުވަސްވަރު
- އިންހިބިން، އެކްޓިވިން: ބާލިޣުވުމަށްފަހު
- އެންޑްރޯޖަން ބައިންޑިންގ ޕްރޮޓީން: މަނި އުފެދި ފުރިހަމަވުން ހަލުއިކޮށްދެއެވެ.
- ގްލައަލް ސެލް-ލައިން ޑިރައިވްޑް ނިއުރޯޓްރޮޕިކް ފެކްޓަރ
- ބްލަޑް ޓެސްޓިސް ބެރިއަރ އުފެދިފައިވަނީ ދެ ސާރޓޯލީ ސެލް ދެމެދުގައެވެ.
ނަންދެވުނުގޮތް
އުނިއިތުރު ގެންނަވާ- ސާރޓޯލީ ސެލް އަށް މިނަންދެވުނީ އިޓަލީގެ ޢިލްމްވެރިޔާ އެންރިކޯ ސާރޓޯލީ އިޓަލީގެ ޕެވިއާ ޔުނިވަސިޓީގައި ތަޢުލީމު ޙާޞިލް ކުރެއްވި ދުވަސްވަރު މިސެލް ހޯއްދެވުމާއި ގުޅިގެންނެވެ.
- 1865 ވަނަ ސާޓޯލީ މިސެލްގެ ވާހަކަ އިޢްލާން ކުރީ 1862 ވަނަ އަހަރު ގަތް މައިކްރޮސްކޯޕެއްގެ އެހީގައި ހޯއްދުންތައް ހޯއްދެވުމަށްފަހު ގައެވެ.
- 1865 ވަނަ އަހަރު ސާރޓޯލީ ފުރަތަމަ މިސެލް އަށް ދީފައިވާ ނަމަކީ ޓްރީ ލައިކް ސެލް ނުވަތަ ސްޓްރިންޖީ ސެލް އެވެ. އަދި ފަހުން މަދަރ ސެލް އޭ ވެސް ކިޔައިފައި ވެއެވެ. ސާރޓޯލީ ސެލް އޭ ކިޔުނީ 1888 ވަނަ އަހަރުއެވެ. މިނަން ސާރޓޯލީ އާއިލާގެ ނަމާއި ގުޅުވައިގެން ދިނީ އެހެން އިލްމު ވެރިއެކެވެ.
- 2006 ވަނަ އަހަރާއި ހަމައަށް ސާރޓޯލީ ސެލް އަށް ޚާއްޞަކުރެވިގެން ބޮޑު 2 ރިފަރެންސް ތައްޔާރުކޮށް ނެރެފައި ވެއެވެ.
ބަލީގެ ޙާލަތްތައް
އުނިއިތުރު ގެންނަވާސާރޓޯލީ -ލީޑިގް ސެލް ޓިއުމަރަކީ ސެކްސް-ކޯޑް ސްޓްރޯމަލް ޓިއުމަރ ގެ ބައެކެވެ.