ގްރޭވްސް ބަލި (އިނގިރޭސި ބަހުން: Graves' disease) އަކީ ހަށިގަޑުގެ ދިފާޢީ ނިޒާމަށް ޖެހޭބައްޔެކެވެ. ހައިޕަރތައިރޮއިޑިޒަމް ޖެހެން ދިމާވާ އެންމެ މުހިއްމު އެއްސަބަބަކީ މިއެވެ. މިޙާލަތަކީ ހަށިގަޑުގެ ދިފާޢީ ނިޒާމުން އާދަޔާއި ޚިލާފު ހަށިދަމަނަ(އިނގިރޭސި ބަހުން: Antibodies) އުފައްދަނީއެވެ. (އާއްމު ގޮތެއްގައި އެންޓި ބޮޑީސްގެ ބޭނުމަކީ ހަށިގަޑަށް ވަންނަ ގެއްލުންދޭ ޖިސްމުތަކާއި ހަގުރާމަކުރުމެވެ.) މިއާދަޔާއި ޚިލާފު ހަށިދަމަނައިގެ ސަބަބުން ތައިރޮއިޑް ގްލޭންޑްއިން ދޫކުރާ ހޯމޯންގެ މިންވަރު އިތުރުކުރެއެވެ. އޭގެ ސަބަބުން އެންމެފަހުން ތައިރޮއިޑް ގްލޭންޑް ދުޅަވަނީއެވެ. ގޮއިޓަރ އުފެދެން ދިމާވާ ސަބަބަކީމިއެވެ.

ގްރޭވްސް ބަލީގެ ނަން ނިސްބަތްކުރެވެނީ އަޔަލޭންޑްގެ ޑޮކްޓަރެއްކަމަށްވާ ޑޮކްޓަރ ރޮބާރޓް ޖޭމްސް ގްރޭވްސް އަށެވެ. އެއީ 1835 ވަނަ އަހަރު މިބަލި ފުރަތަމަ ދެނެގަތް ޑޮކްޓަރަކީ އެއީކަމަށްވާތީ އެވެ. 1840 ވަނަ އަހަރު ޖަރުމަނުގެ ޑޮކްޓަރެއްކަމަށް ކާރލް އެޑޯލްފް ވޮން ބޭސްޑޯވް ވެސް މިބަލީގެ އަލާމާތްތައް ހުރި ޙާލަތެއް ދެނެގަތެވެ. ނަތީޖާއެއްގެ ގޮތުން ޔޫރަޕްގެ ގައުމުތަކުގައި މިބައްޔަށް ބޭސްޑޯވް ބަލި މިހެންވެސް ކިޔައި އުޅެއެވެ.

  • ޑޮކްޓަރުން އޭގެ ވަކިސަބަބެއް ނޭގޭ ދިފާއީ ނިޒާމަށް ޖެހޭމިބަލި އަންހެނުންނަށް ޖެހުން ފިރިހެނުންނަށްވުރެ ގިނައެވެ.މެދުއުމުރުގެ މީހުންނަށް ޖެހޭލެން ގިނައެވެ. އުމުރުން 50ގެ މަތީގެ މީހުންނާއި، އިއްދައިން ކެނޑިފައިވާ މީހުންނާއި، މާބަނޑު މީހުންނަށް ޖެހޭލެން މަދެވެ.
  • ޒުވާންއުމުރުގެ ކުދިންނާއި ދެބައި އުމުރުގެ މީހުންނަށް ޖެހޭލެއް ގިނަކަން ފާހަގަކުރެވެއެވެ.

ބަލި ދެނެގަތުން

އުނިއިތުރު ގެންނަވާ

ޑޮކްޓަރުން ގިނަފަހަރަށް ގްރޭވްސް ބަލި ދެނެގަންނަނީ ބޭރުފުށުން ބަލާބެލުމަށާއި ލޭޓެސްޓްކޮށްގެން ލޭގައި ތައިރޮއިޑް ހޯމޯން އެކަށީގެންވާވަރަށްވުރެ ގިނައިން ހުރިކަން ދެނެގަނެގެންނެވެ.

ގްރޭވްސް ބަލި ޖެހިފައި ތިބޭމީހުންނަށް އަންނަނިވި ކަންތައްތަކުގެ ތެރެއިން ކޮންމެވެސް ކަންތައްތަކެއް މެދުވެރިވެފައި ހުރުމަކީ ވެދާނެ ގޮތެކެވެ.

  • އެއްލޯ ނުވަތަ ދެލޯ މާބޮޑަށް ބޭރަށް ނިކުމެފައިހުރުން (އިނގިރޭސި ބަހުން: Exophthalmos)
  • ފައިދުޅަވެ ފޮއްސިވެ، ފެންޖަމާވުން
  • ވަރުބަލިވުން، ބަރުދަން ލުއިވުން، މާގިނައިން ކާހިތްވުން އަދި މިނޫނަސް ހައިޕަރތައިރޮއިޑިޒަމް ގެ އަލާމާތްތައް
  • ހިތުގެ ވިންދު ޖެހުން އަވަސްވުން
  • ހަށިގަނޑުގެ މަސްތަކުގެ ބާރުދެރަވުން

ޑައިގްނޯސްކޮށް ބަލިދެނެގަތުމަށްފަހު ގްރޭވްސް ބަލިހުންނަ ޒުވާންކުދިންނަށް ދޭފަރުވާއަކީ ތައިރޮއިޑްއާއި އިދިކޮޅަށް ބޭސްދިނުމެވެ. މިބޭހުގެ ސަބަބުން ތައިރޮއިޑް ހޯމޯން އުފެއްދުން މަނާކުރެއެވެ. މިބޭހުގެ ސަބަބުން އެއްމަހާއި ދެމަހާއި ދޭތެރޭގެ މުއްދަތެއްގައި ތައިރޮއިޑް ހޯމޯން އޭގެ އާދައިގެ މިންވަރަށް އާދެއެވެ. މިބަލި މުޅިންފިލައިގެން ނުގޮސް ހުރެދާނެއެވެ. މީގެ އިތުރުން ރޭޑިއޯ އަޔޮޑިން އަދި ތައިރޮއިޑް ގްލޭންޑް ނެގުން ފަދަ އޮޕަރޭޝަނެއް ކުރަން ޖެހުމަކީ ވެސް ފަރުވާގެ ގޮތުގައި ކޮށްއުޅޭ ބައެއް ކަންތައްތަކެވެ.

  • ސަންގު ދުވަހުނޫސް