މިއީ ކްލެބްޒިއެލާ ގްރެނިއުލޯމެޓިސް(Klebsiella granulomatis) އޭ ކިޔާ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ މިބަލި ޢާންމުކޮށް ޖެހޭ ކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރުން 50-20 އަހަރާއި ދެމެދުގެ އެއްޖިންސުން ޖިންސީ ގުޅުން ހިންގާ ފިރިހެނުންނަށެވެ. މިބައްޔަށް ގްރެނިއުލޯމާ ވިނީރިއަމް އަދި ޑޮނޮވަނޯސިސް އޭ ވެސް ކިޔައެވެ. އަންހެނުންނަށް ވެސް މިބަލި ކުރިމަތި ވެދާނެއެވެ.

ގްރެނިއުލޯމާ އިންގްއަނަލް ޖެހުން

އުނިއިތުރު ގެންނަވާ
  • ބަލިޖެހިފައިވާ މީހަކާއެކު ފުރަގަސް ފަރާތް ނުވަތަ އަނގަ ބޭނުންކޮށްގެން ޖިންސީ ގުޅުން
  • ބަލި ޖައްސާ ޖަރާސީމާއި ތަޣައްޔަރު ވެފައިވާ ފެނާއި، ކާނާ ބޭނުންކުރުން
 
ގްރެނިއުލޯމާ އިންގްއަނަލް ޖެހިފައިވާ ފިރިހެނެއްގެ ޖިންސީ ގުނަވަން

ގްރެނިއުލޯމާ އިންގްއަނަލް ޖެހުމުން ފެނިދާނެ އަލާމާތްތައް

އުނިއިތުރު ގެންނަވާ

މިބަލި ޖެހުމުން ޖިންސީ ގުނަވަން އެކުލެވޭ ހިސާބުގައި ފެންފޮޅު ހެން ހުންނަ ބިހި ނުވަަތަ ފޮޅުތަކެއް ނަގައެވެ. އެއަށްފަހު މަޑުމަޑުން އެފޮޅުތައް ފެޅި ފާރުގަނޑަކަށް ބަދަލުވެއެވެ. ސިފިލިސް، ޝެންކްރޮއިޑް، އަދި ޖެނިޓަލް ހާރޕީޒް އާއި ގުޅިގެން އުފެދޭ ފާރުކޮޅާއި މިބައްޔާއި ގުޅިގެން އުފެދޭ ފާރުކޮޅު ވަރަށް އެއްގޮތް ވާނެއެވެ. މިފާރުކޮޅުތައް ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ތެތް ދުލިފަށްތައް އަދި ހަންގަނޑުގައި ވެސް ހުރެދާނެއެވެ. އެއަށްފަހު އުކުޅުވަޅާއި ފުރަގަސް ފަރާތަށް ފެތުރިގެން ދެއެވެ.

ފިރިހެނުންނަށް މިފޮޅުތައް ފުރަތަމަ ފާޅުވަނީ ފިރިހެންހަށީގެ ބޯކޮޅުގައެވެ. އެއަށްފަހު ފިރިހެން ހަށީގެ ދަނޑީގައެވެ. އަންހެނުންނަށް ފުރަތަމަ ފާޅުވަނީ އަންހެނާގެ ޖިންސީ ގުނަވަން ނުވަތަ ވެޖައިނާ ގައެވެ. އެއަށްފަހު ވެޖައިނާގެ ވަށައިގެން ލެވިފައިވާ ދެތުންފަތުގެ އެތެރޭ ކައިރީގައެވެ. ގޮށްލުމަކީ ވެސް ވެދާނެގޮތެކެވެ. ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ އިތުރު އެހެނިހެން އުދަގޫތައް ކުރިމަތި ކުރުވައެވެ.