ގޮހޮރުގެ ކެންސަރު
ގޮހޮރު އަކީ ހަޖަމުކުރާ ނިޒާމްގައި މުހިއްމު މަސައްކަތްތަކެއް ކުރާ ގުނަވަނެކެވެ. މިގޮތުން ބަލާއިރު ކާނާ ހަޖަމުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ހިނގަނީ ކުޑަ ގޮހޮރު ގައެވެ. އޭގެ ފަހުން ކާތަކެތި ދަތުރުކުރަނީ ބޮޑު ގޮހޮރުގައެވެ. މިއީ ދިގުމިނުގައި ގާތްގަނޑަކަށް 5 ފޫޓް ހުންނަ ގުނަވަނެކެވެ. ބޮޑުގޮހޮރުގެ މައިގަނޑު މަސައްކަތަކީ ފެނާއި ކާނާ ހަޖަމުކުރުމުގެ އެންމެ ފަހުގެ މަރުހަލާ ނިންމާލުމާއި، ކާނާ ހަޖަމުކުރުމަށްފަހު ބާކީ ހުންނަ ބޭނުމެއްނެތް ބައި ބޭރުކޮށް ދިނުމެވެ. ގޮހޮރުގައި އުފެދޭ ކެންސަރު (އިނގިރޭސި ބަހުން: Colon cancer)ތަކުގެ ތެރެއިން %95 އަކީ ގޮހޮރުގެ އެތެރޭ ދުލިފަށުގައި އުފެދޭ ކެންސަރު އެވެ.
ސަބަބު
އުނިއިތުރު ގެންނަވާ- ވަކި ޚާއްޞަ ސަބަބެއް ހޯދިފައެއް ނެތެވެ.
- ގޮހޮރުގެ ކެންސަރު ޖެހިފައިވާ އާއިލާތަކުގެ މީހުންނަށާއި، ބައެއް ނަސްލުގެ މީހުންނަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަން ވަނީ ފާހަގަކުރެވިފައެވެ.
އަލާމާތްތައް
- ވަކި ސަބަބެއް ނޭގި ބޭރަށްހިނގުމާއި ބަނޑުހިކުން
- ދަށްބަނޑުގައި ރިހުން
- ބޮޑުކަމުދާ ނަޖިހުގައި ލޭހުރުން
- ވަރުބަލިވުން އަވަސްވުން
- ބަރުދަން ލުއިވުން
ފަރުވާ
އުނިއިތުރު ގެންނަވާ- އޮޕަރޭޝަން ކުރުން
- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
މަރުޖިޢުތައް
އުނިއިތުރު ގެންނަވާ- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005