ގުލްޒާރީލާލް ނަންދާ
ގުލްޒާރީލާލް ނަންދާ (4 ޖުލައި 1898 - 15 ޖަނަވަރީ 1998) އަކީ އިންޑިޔާގެ ދެވަނަ އަދި ހަތަރުވަނަ ބޮޑުވަޒީރެވެ. މި ދެ ފަހަރުމެ އޭނާ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ ވަގުތީ ގޮތުންނެވެ. އަދި 13 ދުވަސްވަންދެނެވެ. އެއީ 1964 ގައި އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫ އަވަހާރަވުމުން 13 ދުވަހު، އަދި 1966 ގައި އިންޑިޔާގެ ތިންވަނަ ބޮޑުވަޒީރު ލާލް ބަހާދުރު ޝާސްތްރީ އަވަހާރަވުމުން 13 ދުވަހުއެވެ.