ލިމްފޯމާ
ލިމްފޯމާ އަކީ ލިމްފް ގްލޭންޑްތަކުގައި އުފެދޭ ކެންސަރަށް ކިޔާ ނަމެކެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދޭ ކެންސަރު ލިމްފް ގްލޭންޑްތަކަށް ވެސް ފެތުރެއެވެ. ލިމްފޯމާ ކިޔަނީ ލިމްފް ނޮޑްތަކަށް ޖެހޭ ކެންސަރު އެވެ. ލިމްފޯމާ ކެންސަރު ބަހާލެވިފައިވަނީ 2 ބަޔަކަށެވެ. އެއީ ހޮޖްކިންސް ލިމްފޯމާ އަދި ނަން ހޮޖްކިންސް ލިމްފޯމާ އެވެ.
ހޮޖްކިންސް ލިމްފޯމާEdit
ހޮޖްކިންސް ލިމްފޯމާ އަކީ އެއްވެސް ތަދުވުމެއްނެތި ލިމްފް ގްލޭންޑް ތައް ބޮޑުވުމެވެ. ކުޑަކުދިންނަށް މިބާވަތުގެ ކެންސަރު ޖެހޭލެން މަދެވެ. ހޮޖްކިންސް ލިމްފޯމާ ވަކިކުރެވޭނީ ދުޅަވެފައިވާ ގްލޭންޑް އަކުން ކުޑަ ތަންކޮޅެއް ނަގައިގެން ޓެސްޓް ހަދައިގެންނެވެ.
ނަން ހޮޖްކިންސް ލިމްފޯމާEdit
ނަން ހޮޖްކިންސް ލިމްފޯމާ އަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށްޖެހޭ ކެންސަރުގެ ބާވަތެކެވެ. ގިނަފަހަރަށް ފަސޭހަކުރެވޭ މިބާވަތުގެ ކެންސަރު ވަރަށް ހަލުވިކަމާއެކު ފެތުރެއެވެ.
މަރުޖިޢުތައްEdit
- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005