ތޮރަސިކް އެއޯޓާ
ތޮރަސިކް އެއޯޓާ ނުވަތަ (އިނގިރޭސި ބަހުން: Thoracic aorta) އަކީ ތިރިއަށްފައިބާ އެއޯޓާ ގައި ޑައަފްރަމް އަށްވުރެ މަތީގައިވާ ބަޔެވެ. އެހެން ކަމުން މިބައި ހިމެނޭނީ މޭގެ ގުނަވަންތައް ހިމެނޭ ހިސާބުގައެވެ. މިބައި ފެށެނީ މޭމައްޗާ ދިމާލުން މައިބަދައިގައިވާ ކަށިކޮޅުތަކުގެ ތެރެއިން 4 ވަނަ ކަށިކޮޅުގެ ތިރީ ބޯޑަރާއި ހަމައިންނެވެ. ނިމެނޭ މޭމައްޗާ ދިމާލުން މައިބަދައިގައިވާ ކަށިކޮޅުތަކުގެ ތެރެއިން 12 ވަނަ ކަށިކޮޅާ ހިސާބުންނެވެ.