ތައިރޮއިޑް ކެންސަރު
ތައިރޮއިޑް ކެންސަރު(އިނގިރޭސި ބަހުން: Thyroid cancer) އަކީ ތައިރޮއިޑް ގްލޭންޑް އަށް ޖެހޭ ކެންސަރެވެ. މައިގަނޑު ގޮތެއްގައި ތަފާތު 4 ބާވަތެއްގެ ކެންސަރު ތައިރޮއިޑް ގްލޭންޑް އަށް ޖެހެއެވެ.
ތައިރޮއިޑް ގްލޭންޑް (އިނގިރޭސި ބަހުން: Thyroid gland)އަކީ ލަގޮޑިވަޅަށްވުރެ ތަންކޮޅެއް މަތީގައި ވައިނޮޅި ކަށިގަނޑުގެ ދަށުގައި ކަރުމަތީގައި އިންނަ ގްލޭންޑް އެކެވެ. މިގްލޭންޑް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ކަނާތް ފަރާތު ބައި އަދި ވާތް ފަރާތު ބައި އެވެ. މިދެބައި ވަނީ އެއްބައި އަނެއްބަޔާއި ގުޅިފައެވެ. މިގްލޭންޑްގެ މަސައްކަތަކީ ބޭނުންކުރާ ކާނާގައި ހިމެނޭ އަޔޮޑިންގެ މާއްދާ ލެޔާއި ގުޅުވައިދީގެން ތައިރޮއިޑް ހޯމޯން ހަށިގަނޑުގައި އުފައްދައި ދިނުމެވެ. މިއީ ހަށިގަނޑުގެ ވަރަށް ގިނަ މަސައްކަތްތަކަށް އެހީތެރިވެދޭ ހޯމޯން އެކެވެ. ތައިރޮއިޑް ގްލޭންޑްގައި އުފެދޭ ކޮންމެ ޓިއުމަރެއް ކެންސަރަކަށް ބަދަލެއް ނުވެއެވެ. ކެންސަރު އުފައްދަނީ ގާތްގަނޑަކަށް އެންމެ %5 ޓިއުމަރު އެވެ.
ސަބަބު
އުނިއިތުރު ގެންނަވާވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.
އަލާމާތްތައް
އުނިއިތުރު ގެންނަވާ- ގޮށެއްގެ ގޮތުގައި ތައިރޮއިޑް ގްލޭންޑް ދުޅަވުން
- އަޑު ފިސްވުން
- ދިރުވަން އުދަނގޫވުން
ފަރުވާ
އުނިއިތުރު ގެންނަވާ- އޮޕަރޭޝަން ކުރުން
- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
ތައިރޮއިޑް ކެންސަރުގެ ބާވަތްތައް
އުނިއިތުރު ގެންނަވާ- ޕެޕިލަރީ ތައިރޮއިޑް ކެންސަރު :
- ފޮލިކިޔުލަރ ތައިރޮއިޑް ކެންސަރު:
- މެޑުލަރީ ތައިރޮއިޑް ކެންސަރު:
- އެނަޕްލާސްޓިކް ތައިރޮއިޑް ކެންސަރު:
މަރުޖިޢުތައް
އުނިއިތުރު ގެންނަވާ- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005