ދޮން ބުރެކި (ސައިންޓިފިކް ނަން: Athias Cooperi)އަކީ ރާއްޖޭގެ ރަށްރަށާއި ފަރުފަރުގެ ބޭރު މަތީގެ މުރަކަގާތަކުގެ ކައިރީގައި ކުދިއައިން ހަދައިގެން ބައިބަޔަށް އުޅޭ މަހެކެވެ. ދޮންބުރެކި އެއާއިލާގެ އެހެނިހެން މަސްތަކާއެކު އައިންހަދައިގެން އެކުވެގެން އުޅެއެވެ. މިއީ ދިވެހި މަސްވެރިން ދަންނަ އެންވެރިކަމުގެ މަސްވެރި ކަމުގައި މުގުރާން ހިފާއިރު ދަލަށް އަރާ މަހެކެވެ. މިމަސް ދިރޭ އެމުގެ ގޮތުގައި ދިވެހިން ބޭނުންކޮށް އުޅެއެވެ.

ދޮން ބުރެކީގެ ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ދެކަފި ވެފައެވެ. މަހުގެ ކަރުތާފަތްގަނޑުގެ އަރިމަތީގައި ދެތިންކަށި ހުރެއެވެ. މަހުގެ އަނގަ ލައްޕާފައި ހުންނައިރު ހުންނަނީ ތުންކޮޅަށް ދިގުކޮށެވެ. ދޮން ބުރެއްކަކީ ވަރަށް ލޯމައްޗަށް ފާޅުކަންބޮޑު ކުލައެއްގެ މަހެކެވެ. މަހުގެ މަތީބައިގެ ކުލައަކީ ފިޔާތޮށި ކުލައެވެ. އަދި މަހުގެ އަރިމައްޗާއި ބަނޑުދަށުގެ ކުލައަކީ ރީނދޫ ކުލައެވެ. މަހުގެ މަތީ ކޮތަރިބައިގެ ހަރުކަށި ތަކާއި މަޑުކަށި ތަކުގެ ތެރެއިން ކުރީކޮޅުގެ ކަށިތަކުގެ ކުލައަކީ ފިޔާތޮށި ކުލައެވެ. ބަނޑުދަށް ފަރާތުގެ ކޮތަރިއާއި ކަންފަތްގަނޑާއި ، ނިގޫފަތުގެ ކުލައަކީ ރީނދޫ ކުލައެވެ.