ދުލުގެ ޓޮންސިލް
ދުލުގެ ޓޮންސިލް(އިނގިރޭސި ބަހުން: Lingual tonsil) އަކީ ދުލުގެ ފަހަތުބައިން މަތީގައި ވަށްކޮށް އެތުރިފައި ހުންނަ ލިމްފެޓިކް ޓިޝޫ ބޮޑިއެކެވެ. އެހެންކަމުން ދުލުގެ ޓޮންސިލް ހުންނާނީ ދުލުގެ އެތެރެއިން ފެށޭތަނުން ނުވަތަ ދުލުގެ ފަހަތުބައިގައެވެ. ދުލުގެ ޓޮންސިލްގައި ހުންނަނީ ނޮން-ކެރަޓިނައިޒްޑް ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް(އިނގިރޭސި ބަހުން: Non-keratinized Stratified squamous epithelium) އެވެ.
ދުލުގެ ޓޮންސިލް ހުންނަނީ ދުލުގެ އަނގަ ތެރޭގައިވާ ބައި އާއި، ދުލުގެ އަރުތެރޭގައިވާ ބައި ވަކިކޮށްދޭ ވީ އަކުރެއްގެ ބައްޓަމަށް އިންނަ އަޑިކޮޅު ކަމުގައިވާ ސަލްކަސް ޓާމިނާލިސް(އިނގިރޭސި ބަހުން: Sulcus terminalis) ގެ ފަހަތުންނެވެ. ދުލުގެ ޓޮންސިލް ގައި ވެސް ކްރިޕްޓް ހުރެއެވެ.
- ނޯޓް: އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީ އަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އަށެވެ ..މިއީ ހަގީގަތުގައި ޓޮންސިލްގެ ވައްތަރުތަކުގެ ތެރެއިން ތަލީގެ ޓޮންސިލް އެވެ.