ދަތުގައި ރިހުން (އިނގިރޭސި ބަހުން: Toothache)ނިސްބަތް ކުރެވެނީ ދަތުގައި ނުވަތަ ދަތުގެ ވަށައިގެންވާ ހިސާބުގައި ރިހުމަށެވެ.

ދަތުގައި ރިހުން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  • ދަތް ފަނިކެއުން
  • ހިރުގަނޑުގެ ބަލިތައް
  • އެންމެ އެތެރޭ ކޮލުދަތް ނިކުންނަށް ފެށުން
  • ދަތުގެ އެތެރޭގައި ދޮސް އަށަގަތުން ނުވަތަ އިންފެކްޝަން އުފެދުން

މަދުން ނަމަވެސް ހިތުގެ ބައެއް ބަލިތަކުގެ ސަބަބުން މޭގައި އުފެދޭ ރިހުމުގެ އަސަރު ދަތްތަކާއި ހިސާބަށް ކުރާގޮތްވެއެވެ. މިހެން ދިމާވަނީ ހިތުގެ ބަލިތަކުގެ ސަބަބުން މޭގައި އުފެދޭ ރިހުމަކީ އެކި ހިސާބުތަކަށް ފެތުރޭ ތަދު(އިނގިރޭސި ބަހުން: Referred pain) އަކަށް ވާތީ އެވެ.