ދަމުއި(އިނގިރޭސި ބަހުން: Anethum graveolens)ނުވަތަ (އިނގިރޭސި ބަހުން: dill seed) އަކީ ދަމުއި އަކީ ދިވެހިބޭހަށް ބޭނުންކުރާ އެއްޗެކެވެ. ދަމުއިގެ ތަފާތު ދެބާވަތެއް ހުރެއެވެ. އެއީ ހިތި ދަމުއި އާއި އަދި ފަރިހި ދަމުއި އެވެ. ދަމުއި އަކީ ހަވާދުގެ ބާވަތެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ވެސް މެއެވެ. ދަމުއި އަޅާ ގަސް ބޮޑުވަނީ 60-40 ސެންޓި މީޓަރުވަރުގެ އުސްމިނަކަށެވެ. ދަމުއި ގަސް ވެސް ހުންނަނީ ކެރެޓް ގަހާއި ވައްތަރު ގޮތަކަށެވެ.

ދަމުއި

ފަރިހި ދަމުއި އެކޭ އެއް ގޮތަށް ދަމުއި ގަހުގެ ފަތަކީ ވެސް ތަފާތު ވައްތަރުގެ ސުރުވާ، އަސާރަ އަދި އެހެނިހެން ކާތަކެތީގައި ރަހަ ޖެއްސުމަށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. ދަމުއި އަކީ ފަރިހި ދަމުއި އެކޭ އެއް ގޮތަށް ހަވާދުގެ ބާވަތެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. ދަމުއި ގަހުގެ ފަތުން ތެޔޮ ތައްޔާރު ކުރެއެވެ.