ފްރެންކް އޯވަން ގެހްރީ އަކީ ޕްރިޒްކާ އިނާމް ޙާޞިލްކޮށްފައިވާ އާކިޓެކްޓެކެވެ. އޭނާ ފަރުމާކޮށްފައިވާ ބިނާތަކާއި އިމާރާތްތަކަކީ މީހުންގެ މަގުބޫލުކަމާއި މަޝްހޫރުކަން ލިބިފައިވާ ތަންތަނެވެ. ފްރެންކް ގެހްރީ ފަރުމާކޮށްފައިވާ މަޝްހޫރު ބިނާތަކުގެ ތެރޭގައި ލޮސްއެންޖަލްސްގައި ހުންނަ ވޯލް ޑިޒްނީގެ ކޮންސެޓް ހޯލް، ސްޕޭންގެ ބިލްބާއޯގައި ހުންނަ ޓައިޓޭނިއަމް ނިވާކޮށްފައިވާ ގަގަންހީމް ދާރުލް އާޘާރު، މިނެޕޮލިސް ގައި ހުންނަ ވެއިޒްމަން އާޓް މިއުޒިއަމް، ޗެކް ރިޕަބްލިކްގެ ޕްރާގް ގައި ހުންނަ ނަށާގެ، އަދި ކެލިޕޯނިޔާގެ ސަންޓާ މޮނީކާ ގައި ހުންނަ ޕްރައިވެޓް ރެސިޑެންސް ފާހަގަ ކޮށްލެވެއެވެ.

ފްރެންކް ގެހްރީ

ފްރެންކް ގެހްރީ އުފަންވެފައިވަނީ ކެނެޑާގެ ޓޮރޮންޓޯގެ އޮންޓާރިއޯގައި ގާއިމްވެ ތިބި ޔަހޫދީ އާއިލާ އަކަށެވެ. އުޅެބޮޑުވީ މާމަ ކެޕްލާންގެ ގާތުގައެވެ. ކުޑައިރުވެސް ކަރުދާހުންނާއި ލަކުޑިން ގެ ފަދަ ތަކެތި ހަދައި އުޅުނު ކަމަށް ބުނެވެއެވެ.