ފެމުނު މިޔަރު

ފެމުނު މިޔަރު، ފެމުނު، (ސައިންޓިފިކް ނަން: Carcharodon carcharias) ނުވަތަ (އިނގިރޭސި ބަހުން: Great white shark)، އަދި (ސައިންޓިފިކް ނަން: Galeocerdo cuvier) ނުވަތަ (އިނގިރޭސި ނަން: Tiger shark) އަކީ މިޔަރުގެ ބާވަތެކެވެ. އަދި މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައިވެސް އަދި މުޅި ދުނިޔޭގައިވެސް އުޅޭ އެންމެ ނުރައްކާތެރި ބާވަތެވެ. މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އޭގެ ދިގުމިނުން ވަރަށް ދިގު މިޔަރެކެވެ. ފެމުނުގެ ދިގުމިނުގައި އާއްމުކޮށް 20 ފޫޓް ހުރެއެވެ. އަދި ބަރުދަނުގައި ގާތްގަނޑަކަށް 2250ކިލޯ ހުންނަކަން ފާހަގަ ކުރެވެއެވެ. ނަމަވެސް”ވޯރލްޑް ރެކޯޑު“ ފޮތުގައި ލިޔެވިފައިވާ ގޮތުގައި ކެނެޑާއިން 37 ފޫޓުގެ ފެމުނެއް ފެނިފައި ވެއެވެ. ފެމުނު މިޔަރަކީ އޭގެ ނުރައްކާތެރި ކަމުގެ ސަބަބުން ދިވެހި މަސްވެރިންގެ ތެރޭގައި ވަރަށް މަޝްހޫރު މިޔަރެކެވެ.

ފެމުނު މިޔަރު ރަށްރަށުގެ ފަޅު ތެރެއަށް ވަންނަ ކަމަށް ވެއެވެ. މިއީ އެތެރެވަރީގެ ކަނޑުތަކުގައްޔާއި، މާކަނޑުތަކުގައި ދިރިއުޅޭ މިޔަރެކެވެ. އަދި މީގެ އިތުރުން ފެމުނަކީ ވަރަށް ބާރަށް ދަތުރުކުރާ މިޔަރެކެވެ. ގިނަ މިޔަރުތަކާއި ޚިލާފަށް، ފެމުނަށް 1 މިނެޓުން 1 ކިލޯމީޓަރަށް ދަތުރުކުރެވެއެވެ.

ފެމުނު މިޔަރަކީ ވަރުގަދަ ދަތްތަކެއް ލިބިފައިވާ މިޔަރެކެވެ. ފެމުނު މިޔަރުގެ ކާނާގެ ތެރޭގައި އެކިބާވަތް ބާވަތުގެ މިޔަރާއި، މަޑިއާއި، ވެލައާއި، ކަހަނބާއި، ބޯވަ ދިލަމަހާއި ކަނޑު ހަރުފަ ހިމެނެއެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ފެމުނު ކާނާގެ ތެރޭގައި ބޮޑުމަސްވެސް ހިމެނޭކަމެވެ. އަދި ފެމުނުގެ 3،000 ދަތް ހުންނަކަންވެސް ފާހަގަކުރެވެއެވެ.

ފެމުނުގެ ނިގޫފަތާ ދިމާލުން ދެއަރިމަތީގައި ކުރަގަނޑެއް އޮވެއެވެ. އާންމު ގޮތެއްގައި ފެމުނު ގެ ބޯ އެހެން މިޔަރުތަކުގެ ބޮލަށްވުރެ ބޮޑުވާނެއެވެ. މިމިޔަރު ވިހާ ކޮންމެ ފަަހަރަކު 80-10އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. އަދި ވިހާ ޅަމިޔަރުގެ ބޮޑުމިނުގައި 5-3 ފޫޓާއި ދެމެދުގެ ބޮޑުމިނެއް ހުރެއެވެ.

ފެމުނުގެ ބުރަކަށި މަތީގެ ކުލައަކީ ގަދަ އަޅިކުލައާއި ނޫކުލައާއި ދެމެދުގެ ކުލައެކެވެ. ބަނޑު ދަށްފަރާތް ހުންނަނީ ހުދުކުލައިގައެވެ.

ވަރުގަދަ ދަތްތަކެއް ލިބިފައިވާ މިވައްތަރުގެ މިޔަރަކީ ވަރަށް ބާރުގަދަ އަދި އެހާމެ ނުރައްކާތެރި މިޔަރުގެ ވައްތަރެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. އެއީ ކޮންމެ އަހަރަކުވެސް މަދުވެގެން އެކަކު އޭގެ ސަބަބުން މަރުވާތީއެވެ. ފެމުނު ދުނިޔޭގެ ހުރިހާ ހިސާބެއްގެ ކަނޑުތަކުގައި އުޅެއެވެ.

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ

Wikimedia Commons has media related to:

ފަންވަތް:Wikispecies

ވީޑިއޯތައް އުނިއިތުރު ގެންނަވާ