ފާގަ(އިނގިރޭސި ބަހުން: Momordica charantia)ނުވަތަ (އިނގިރޭސި ބަހުން: bitter gourd) އަކީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. އާންމު ގޮތެއްގައި ރާއްޖޭގައި ފާގަ ކައިއުޅެނީ ދޮންވެ ފައްކާވުމުންނެވެ. ފާގަ ދޮންވުމުން ހުންނަނީ ރަތް ކުލައަކަށެވެ. ނުވަތަ ރީދޫ ކުލައަކަށެވެ. ފާގަޔަށް ކިޔާ އެހެން ނަންތަކުގެ ތެރޭގައި (އިނގިރޭސި ބަހުން: bitter melon) ހިމެނެއެވެ. ދިވެހި ބަހަށް ފާގަ މިނަން ނެގިފައިވަނީ ތަމަޅަ ބަހުން ކަމަށް ލަފާކުރެވެއެވެ. އެއީ ތަމަޅަ ބަހުން ފާގަ އަށް ކިޔަނީ ޕާގަ ކަމަށްވާތީ އެވެ.

ފާގަ އެއް