ފަސްޓް ސާޖަންޓް ޤާސިމް މޫސާ
ވަނަވަރު
އުނިއިތުރު ގެންނަވާފަސްޓް ސާރޖަންޓް ޤާސިމް މޫސާ ސިފައިންގޭގައި މަޝްހޫރުވެފައިވަނީ "ހަތިހާ'ގެ ނަމުންނެވެ. ސިފައިންގެޔަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ޤާސިމް މޫސާ، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ، އުމުރުން އެންމެ 17 އަހަރުގައި، 7 ނޮވެންބަރު 1979 ގައެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ސިފައިންގޭގެ ތަފާތު ރޭންކްތަކުގައި ވަނީ ޚިދުމަތް ކުރައްވައިފައެވެ. މިގޮތުން، ޚިދުމަތް ކުރެއްވި ރޭންކްތަކުގެ ތެރޭގައި، ޕްރައިވެޓް ކަމާއި، ލާންސްކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ސާރޖަންޓް ފަސްޓް ކްލާސް ރޭންކް ހިމެނެއެވެ.
ޚިދުމަތް
އުނިއިތުރު ގެންނަވާޤާސިމް މޫސާ ވަނީ ސިފައިންގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވައިފައެވެ. މިގޮތުން، ޑިއުޓީ ސެކްޝަންގައި ފޯރިމެރުމާއި، ރަށުތެރެ ބެލެހެއްޓުމާއި، ޓާސްކްފޯސްގެ ޑިއުޓީ ކުރެއްވުމުގައްޔާއި، ޑެލްޓާ ފޯސްގައި ވަނީ މަސައްކަތް ކުރައްވައިފައެވެ. މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެސް.ޕީ.ޖީ. ގައެވެ.
ޤާސިމް މޫސާއަކީ، އެމް.އެން.ޑީ.އެފް.ގެ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރައްވައިފައިވާ ބޭފުޅެކެވެ. މުއައްސަސާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއްވެސް ޤާސިމް މޫސާ ކުރެއްވިއެވެ. އެކި ދުވަސްވަރު ސިފައިންގެއިން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގައްޔާއި، ޤައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
ޝަރަފުގެ ނިޝާން
އުނިއިތުރު ގެންނަވާފަސްޓް ސާރޖަންޓް ޤާސިމް މޫސާއަށް ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 މެޑެއްޔާއި، 6 ކުލަ ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންނެވި މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓް މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚްލާޤީ ކުލަ ތިންފަހަރު، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހިމެނެއެވެ.