ފަލަސްތީނުގެ މިނިވަންކަމާއި ޖުލައި 26
ދިވެހިރާއްޖެ އަކީ އަބަދުވެސް ފަލަސްތީނަށް ތާއީދުކުރަމުން އަންނަ ގައުމެކެވެ. ފަލަސްތީނުގެ ގެއްލިފައިވާ މިނިވަންކަމާއި ނިގުޅައިގަނެވިފައިވާ ހައްގުތައް ފަލަސްތީނުގެ ރައްޔިތުންނަށް އަލުން ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފޯރަމްތަކުގައި އެންމެ ބޮޑަށް ވާހަކަދައްކާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ.
ދިވެހިން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން އަންނަ ތާއިދު މި ހިސާބުގައި އޮތް އިރު މި ދެބައިމީހުން ވެސް މިނިވަންކަމާ ގުޅޭ ކަންތައްތަކުގައި އެއް ދުވަހެއް ހިއްސާކުރަން ޖެހުމަކީ މިހާރު ވަރަށް ގާތުގައި އޮތް ކަމެކެވެ. ދިވެހި ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާ އަދި ފަލަސްތީނާއި އިޒްރޭލުގެ މެދުގައި ކުރިއަށްދާ މައްސަލަތަކާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މިހާރު ހަމަޖެހިފައިވާ ތާރީހަކީ ކުރިއަށް އޮތް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ.