ފައިލު:Bodumasfest.jpg
  • ދިވެހިބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އެޕްރީލު މަހުގެ 14 ވަނަ ދުވަހެވެ.
  • އިހު ޒަމާނުގައި ދިވެހީންގެ ސަގާފީ އައު އަހަރު ފަށާ ދުވަހަކީ އެޕްރީލް މަހުގެ 14 ވަނަ ދުވަހެވެ.
  • އެޕްރީލް މަހުގެ 14 ވަނަ ދުވަހަކީ، ދިވެހިންގެ އިތުރުން އާސާމީންނާއި، ބަންގާޅު މީހުންނާއި، ބަރުމާ މީހުންނާއި، މަލަޔާޅީންނާއި، ނޭޕާލީންނާއި، އޮރިއްސާ މީހުންނާއި، ސިންގަޅައިންނާއި، ތަމަޅައިންނާއި، ތުލޫ މީހުންގެ ވެސް އައު އަހަރު ފަށާ ދުވަހެވެ.
  • ދިވެހިބަހުން ޒޮޑިއެކް ސައިން އޭރީސްއަށް ކިޔަނީ މޭސަ ރާހިއެވެ.
  • ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 1881 ވަނަ އަހަރު އެޕްރީލް 14 ވީ ބުރާސްފަތި ދުވަހުއެވެ. އަވަހާރަވީ 20 ސެޕްޓެންބަރު 1948 ވީ ހޯމަ ދުވަހުއެވެ.
  • ދިވެހި ޅެންވެރިކަމުގެ މާ ބަގީޗާގެ ޑޭޒީމާ، ފާއިޒާ އުފަންވެ ވަޑައިގަތީ 30 ސެޕްޓެންބަރު 1924 ވީ އަންގާރަ ދުވަހުއެވެ. އަވަހާރަވީ 25 ފެބުރުވަރީ 2011 ވީ ހުކުރު ދުވަހުއެވެ.
  • ކީރިތި ޤުރުއާނުގެ އެންމެ މަޝްހޫރު އިނގިރޭސި ތަރުޖަމާ ލިޔުއްވި، އިންޑިޔާގެ ޢިލްމުވެރިޔާ ޢަބްދުﷲ ޔޫސުފް ޢަލީ އުފަންވެ ވަޑައިގަތީ، 1872 ވަނަ އަހަރު އެޕްރީލް 14 ގައެވެ.