• އެންމެ ބޮޑު މޭކަޕް ބަޖެޓަކީ 87 މޭކަޕް އަރޓިސްޓުންނާއި އެކު މަސައްކަތް ކުރި ޕްލެނެޓް އޮފް ދަ އޭޕްސް އެވެ. މުޅި ޕްރޮޑަކްޝަން އަށް ހަރުކުރި 5.8 މިލިއަން ޑޮލަރުގެ 17 ޕަރސެންޓް ހަރަދު ކުރީ މޭކަޕް އަށެވެ.
  • ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އާރޓް ފެސްޓިވަލް އަކީ އިނގިރޭސިވިލާތުގައި ބާއްވާ އެޑިންބަރާ ފިލްމް ފެސްޓިވަލްއެވެ. ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މިފެސްޓިވަލް އަންނަނީ 1947 ވަނަ އަހަރުން ފެށިގެންނެވެ. މި ފެސްޓިވަލްގައި 1998 ވަނަ އަހަރު 7،810 އާރޓިސްޓުން ބައިވެރިވެ ތަފާތު 1،309 ޝޯ ހުށަހަޅައިދިނެވެ.
  • އެންމެ ގިނަ ކްރޮމޮޒޯން އެކުލެވޭ ގަހަކީ އޮފިއޯ ގްލަސަމް ރެޓިކްލެޓަމް އެވެ. އެއިން ގަހެއްގެ ކޮންމެ ސެލް އެއްގައި 630 ޖޯޑު ކްރޮމޮޒޯން ހިމެނެއެވެ.
  • އެންމެ މުސްކުޅި އުމުރުގައި އެންމެ ގިނަ އަލްބަމް ވިއްކުމުގެ ރެކޯޑް އޮންނަނީ ކިއުބާގެ ކޮންޕޭ ސެގުންޑޮ އަތުގައެވެ. އޭނާ އަށް 1995 ވަނަ އަހަރު 88 އަހަރު ފުރުނު އިރު މުޅި ދުނިޔޭގައި އެއް މިލިއަން އަލްބަމް ވިއްކާފައިވެއެވެ.