• ދުނިޔޭގައި އެންމެ ގިނައިން ހައްދާ މޭވާގެ އެއްބާވަތަކީ އާފަލް އެވެ. އާފަލް ގަސް ހެދެނީ 12-5 މީޓަރާއި ދެމެދުގެ އުސްމިނަށެވެ.
  • އާފަލްގެ 7500 އަށްވުރެގިނަ ވައްތަރު ހުންނަކަން ފާހަގަ ކުރެވިފައި ވެއެވެ.
  • 2005 ވަނަ އަހަރު 55 މިލިޔަން ޓަނުގެ އާފަލް ދުނިޔޭގެ އެކި ހިސާބު ތަކުގައި ހައްދާފައި ވެއެވެ.
  • އާފަލުން ލިއްބައިދޭ ޞިއްޙީ ފައިދާތަކަށް ބަލާއިރު، ލޭގެ ޕްރެޝަރު ދަށްކުރުން، ލޭގައި ކޮލެސްޓީރޯލް ހިމެނޭ މިންވަރު ދަށްކުރުން، އަރިދަފުސް ރޯގާޖެހޭ މިންވަރު ކުޑަކުރުން، ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށްކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
  • އާފަލުގައި ހިމެނޭ ޕެކްޓިން އަކީ ފަސޭހަ ކަމާއެކު ފެނަށް ގިރިގެންދާ ފައިބަރުގެ ބާވަތެކެވެ. މިމާއްދާ އާފަލުގައި ހިމެނޭ އެހެން މާއްދާތަކާއި ގުޅިގެން ލޭގައި ހިމެނޭ ކޮލެސްޓީރޯލްގެ ބައި ނެތިކޮށް މަދުކޮށްލުމުގައި ދައުރެއް އަދާކުރެއެވެ.
  • ފްރާންސްގެ އިންސްޓިޓިއުޓަކުން ދިރާސާ އެއް ހެދުމަށްޓަކައި މެދުޢުމުރުގެ ޞިއްޙަތު ސަލާމަތުން ތިބި 30 މީހުންނަށް އެއްމަސް ވަންދެން 2-3 އާފަލު ކާންދެވުނެވެ. މަހެއްގެ ފަހުން ބެލުނު ނަތީޖާ ތަކުން އެގުނު ގޮތުގައި ދިރާސާގައި ބައިވެރިވި 80 އިންސައްތަ މީހުންގެ ލޭގެ ކޮލެސްޓީރޯލްގެ މިންވަރު ހުރީ ދަށްވެފައެވެ.