މަދިރިއަކީ، ރާއްޖޭގައި ވަރަށް ޢާންމު ސޫތްޕެކެވެ. ތަފާތު ބަލިތައް ފަތުރާ ސޫތްޕެކެވެ. އެހެންކަމުން، ނުރައްކާތެރި އެތައް ބަލިތަކެއް ފަތުރާ މި ސޫތްޕާބެހޭގޮތުން މަޢުލޫމާތުކޮޅެއް ޙިއްޞާ ކޮއްލާނަމެވެ. ޑެންގީ ހުންފައިފަލަ ބަލި، މެލޭރިޔާއާއި ރީނދޫ ހުން, ރިފްޓް ވެލީ ހުން ފަދަ ބަލިތަކަކީ މަދިރީގެ ސަބަބުން ޖެހޭ ބައެއް ބަލިތަކެވެ. ބަލިބައްޔަށް ފަރުވާކުރުމުގެ ވަޞީލަތްތައް އަޅުގަނޑުމެންނަށް ލިބިފައިވާތީ، މަދިރިއަކީ ހަމައެކަނި ތުރާއެއްކަމަށްވިޔަސް، ފަރުވާކުރެވެން ނުހުންނަ ތަންތަނުގައި މަދިރިއަކީ، ބަލިތަކުގެ ސަބަބުން ފުރާނައަށް ނުރައްކާތެރި އެއްޗެކެވެ. މަދިރީގެތެރޭން، ލޭ ބޮނީ ހަމައެކަނި އަންހެން މަދިރިއެވެ. އެއީ، ބިހަށް ބޭނުންވާ ކާނާ ހޯދުމަށްޓަކައެވެ. ފިރިހެން މަދިރި ލޭ ނުބޮއިކަމަށްވިޔަސް، ކާނާ ހޯދަނީ، މާމަލުގެ ކަރުގަނޑުން (މަލުގެ ފޮނިކޮޅު ބޮއެގެން) ނެވެ.