ފޮޓޯ އިން ތިޔަ ފެންނަނީ އެންމެ ފުރަތަމަ ކްލޯން ކުރެވުނު ޖަނަވާރު ޑޮލީ އެވެ. ޑޮލީގެ އުމުރުން އެންމެ ހަ އަހަރުގައި އެސޮރުވަނީ އިންޖެކްޝަން ޖަހައިގެން ވަނީ މަރާލައިފައެވެ. އެއީ ވަރަށް ބޮޑަށް ބަލިވެ، ގަދަ ވޭނުގައި އެސޮރު އުޅެން ފެށުމުންނެވެ. ޑޮލީ އަށް ވަނީ ފުއްޕާމޭގެ ކެންސަރާއި ހުޅުހުޅުގައި ރިހުމުގެ ބަލި ކަމަށްވާ "އާތުރައިޓިސް" ޖެހިފައެވެ. ޑޮލީ އަކީ ކާމިޔާބު ކަމާއި އެކީ ކޮލޯން ކުރެވުނު ފުރަތަމަ ޖަނަވާރުކަމުން އެސޮރު ވެގެންދިޔައީ ދުނިޔޭގައި އުޅުނު އެންމެ މަޝްހޫރު ކަންބަޅިޔަށެވެ. މަރުވުމަށްފަހުގައިވެސް އެސޮރުގެ ފުރާނަ ނެތް މަސްގަނޑު ތަހުލީލުކުރުމަށްފަހު ސްކޮޓްލޭންޑްގެ ނެޝަނަލް މިޔުޒިޔަމް އަށް އެސޮރު ހަދިޔާ ކުރާގޮތަށް ހަމަޖެހުނެވެ.