މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
މޯލްޑިވްސް ކޮލެޖް ފޮރ ހަޔަރ އެޑިޔުކޭޝަން އަކީ ރައީސުލް ޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން 1998 ވަނަ ގާއިމް ކުރެވުނު ކޮލެޖެކެވެ. މިކޮލެޖްގެ ދަށުން ހިންގާ ތަފާތު ފެކަލްޓީތައް ރާއްޖޭގައި ހުރެއެވެ.
ތާރީޚް
އުނިއިތުރު ގެންނަވާ- އެލައިޑް ހެލްތު ސާރވިސް ޓްރޭނިންގ ސެންޓަރު އުފެދުން - 1973
މިނިސްޓްރީ އޮފް ހެލްތު ގެ ފަރާތުން އުފެއްދި މިސެންޓަރަކީ މިއަދުގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އެވެ. ފެކަލްޓީ އޮފް ހެލްތު ސައިންސަސް އުފެދުމުގެ ކުރިން މިސެންޓަރުގެ ނަން އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސްގެ ނަމުގައި ވެސް ހިންގާފައި ވެއެވެ.
- ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރު އުފެއްދުން - 1975
މިއީ ސުކޫލް ނިންމާ ދަރިވަރުންނަށް މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖިނޭރިންގ ގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު ދިނުމަށް އުފެއްދި ތަނެކެވެ. ފަހުން މިތަނުގެ ނަން މޯލްޑިވްސް އިންސްޓިޓިއުޓް ފޮރ ޓެކްނިކަލް އެޑިޔުކޭޝަން މިނަމަށް ބަދަލު ކުރެވުނެވެ. މިއީ މިއަދުގެ ފެކަލްޓީ އޮފް އިންޖިނޭރިންގ ޓެކްނޮލޮޖީ އެވެ.
- އިންސްޓިޓިއުޓް ފޮރ ޓީޗަރ އެޑިޔުކޭޝަން އުފެއްދުން - 1984
މިއިންސްޓިޓިއުޓް އުފެއްދުމުގެ ކުރިން ޓީޗަރުން ތަމްރީނުކޮށްފައިވަނީ އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ފަރާތުންނެވެ. މިއީ މިއަދުގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން އެވެ.
- މެރިޓައިމް ޓްރޭނިންގ ސެންޓަރު އުފެއްދުން - 1987
މިތަން އުފެދުނީ ދިވެހިރާއްޖޭގެ ފަރާތުން އައިއެމްއޯ އެސްޓީސީ ޑަބްލިޔޫ ކޮންވެންޝަން ތަޞްދީގު ކުރުމަށް ފަހުގައެވެ. މެރިޓައިމް ޓްރޭނިންގ ސެންޓަރަކީ ބޯޓު ދަތުރުކުރަން ދާމީހުންނަށް ތަމްރީނުކޮށް، ކަނޑުދަތުރުފަތުރާއި ބެހޭ މަޢުލޫމާތު އުގަންނައި ދިނުމަށް އުފައްދާފައިވާ މަރުކަޒެކެވެ. މިތަން ހުންނަނީ ކ.ވިލިގިލީގައެވެ.
- ސުކޫލް އޮފް ހޮޓެލް އެންޑް ކޭޓަރިންގ ސާރވިސް އުފެއްދުން - 1987
މި ސުކޫލް އުފެއްދީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށްޓަކައެވެ. މިއީ މިއަދުގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އެވެ.
- މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން އުފެއްދުން - 1991
މިއީ ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިދާރީ ބައިތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ތަމްރީނު ކުރެއްވުމަށް އުފެއްދި މަރުކަޒެކެވެ. މިމަރުކަޒަށް ފަހުން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ކިޔާފައި ވެއެވެ.
- މޯލްޑިވްސް ކޮލެޖް ފޮރ ހަޔަރ އެޑިޔުކޭޝަން އުފެއްދުން - 1998
މި ކޮލެޖް އުފެއްދުނީ ސާނަވީ ނިންމުމަށްފަހު މަތީ ތައުލީމުގެ ފުރުޞަތު ދިވެހި ބިމުގައި ތިބެގެން އުގެނުމަށް މަހުފަހި ކުރުމަށްޓަކައެވެ. ކޮލެޖް ހިންގަމުން އައިސްފައިވަނީ ކޮލެޖް ކައުންސިލް ގެ ފަރާތުންނެވެ.
- ހުރިހާ އިންސްޓިޓިއުޓް ތަކާއި މަރުކަޒު ތަކެއް ކޮލެޖްގެ ދަށުން ހިންގާ ތަންތަން ކަމުގައި ހަމަޖެއްސުން - 1999
- ޓާޝިއަރީ އިންސްޓިޓިއުޓް ފޮރ އޮޕަން ލާނިން އުފެއްދުން - 1991
މިއީ ދުރުންދޭ ތައުލީމުގެ ނިޒާމް ހަރުދަނާ ކުރުމަށް އުފެއްދި އިންސްޓިޓީއުޓެކެވެ.
- އިންސްޓިޓިއުޓް ފޮރ ޝަރީޢާ އެންޑް ލޯ އުފެއްދުން - 1999
މިއީ މިއަދުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އެވެ.
- ކޮލެޖްގެ ފުރަތަމަ ޑިގްރީ ޕްރޮގްރާމް ބެޗްލާރ އޮފް އާޓްސް ( ދިވެހި ބަސް ) ފެށުން ނުވަތަ ތަޢާރަފް ކުރުން - 2000
- ކޮލެޖްގެ އިދާރީ ބައެއް ބައިތައް ކުރީގެ ޖަމާލުއްދީން ސުކޫލް ހިންގި އިމާރާތަށް ބަދަލުކުރުން - 2001
ފެކަލްޓީތައް
އުނިއިތުރު ގެންނަވާ- ފެކަލްޓީ އޮފް އެޑިޔުކޭޝަން
- ފެކަލްޓީ އޮފް އާޓްސް
- ފެކަލްޓީ އޮފް އިންޖިނޭރިންގ ޓެކްނޮލޮޖީ
- ފެކަލްޓީ އޮފް ހެލްތު ސައިންސަސް
- ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް
- ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ
- ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ
- ސެންޓަރ ފޯރ އޯޕަން ލާނިންގ
- ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް
- ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް