އަލްފާޟިލް މުޙައްމަދު ޒާހިރު (ބުރެވިމާގޭ ޒާހިރު) އަކީ ނޫރައްދީން ބަންޑާރައިންގެ ދޮށީ ގޮމާގެ މެދުގޮމާގެ މުޙައްމަދު ޒާހިރު ނުވަތަ ބުރެވިމާގޭ ޒާހިރު އެވެ. މިއީ މަދަރުސަތުއް ސަނިއްޔާގެ މުސްކުޅި ދަރިވަރެކެވެ. އިގިރޭސި ބަސް އަދި އުރުދޫ ބަސް ދެނެވަޑައިގަންނަވައެވެ. އަރަބި ތާނަ ރީތިކޮށް ލިޔުއްވާ ލިޔަން ދަސްކޮށްދެއްވި ބޭފުޅެކެވެ. ސަރުކާރަށް ވަފާތެރި ހީވާގި މުއައްޒަފެކެވެ. އާންމުންނާ ގުޅުން ބަހައްޓަވާ ބޭފުޅެކެވެ.

އަދާކުރެއްވި މަގާމްތައް އުނިއިތުރު ގެންނަވާ

  • 20 މެއި 1991 ން 11 ނޮވެމްބަރު 1993 އަށް : މިނިސްޓަރ އޮފް ސްޓޭޓްކަން
  • 20 މެއި 1991 ގައި (6ޛުލްޤައިދާ 1411ހ )ހޯމަ : ކަސްޓަމްސްގެ ކަލެކްޓަރުކަން
  • 20 އޮގަސްޓް 1974 ން 11 ނޮވެމްބަރު 1978 އަށް : ރައީސްގެ ޕްރައިވެޓް ސެކެޓްރީކަން
  • 1974 : ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • 15 ޑިސެމްބަރު 1944 : މުދައްރިސް – މަދަރުސަތުއް ސަނިއްޔާ
  • ސެކެޓްރީ – މަޙްކަމަތުއް ދާޚިލިއްޔާ
  • 11 ނޮވެމްބަރު 1993 : ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާކަން

ރިފަރެންސް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006