މުޙައްމަދު ރަޝީދު އިބްރާހީމް
އަލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމް އުފަންވެވަޑައިގަތީ ފުވައްމުލަކަށެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރެވެ.
މުޙައްމަދު ރަޝީދު އިބްރާހީމް ގެ ބައްޕައަކީ ޏ.ފުވައްމުލަކު ދަނޑިމަގު މައިގޭ އިބްރާހީމް ޙުސައިން އެވެ. މަންމައަކީ ހަމަ އެރަށު ދިގުފީނި އާއިޝަތު މުޙައްމަދު ދީދީ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 25 ސެޕްޓެމްބަރު 1942 ގައެވެ.
މުޙައްމަދު ރަޝީދު އިބްރާހީމް ފަށާ ތަޢުލީމް ޙާޞިލްކުރެއްވީ ރާއްޖެއިންނެވެ. މިޞްރުގެ ޖާމިޢަތުލް އަޒުހަރުން ބީއޭ އަދި އެމްއޭ ނަގައިފައި ވެއެވެ. އެމަނިކުފާނަކީ ގުރުއާން ހިތުދަސް ޙާފިޡެކެވެ. ސަރުކާޜުގެ ވަޒީފާތައް އަދާކުރުމުގެ އިތުރުން ޤާޟީކަން، މުޙާމީކަން އަދި މިނޫން ކޯސްތަކަށް ވެސް ކިޔަވާ ދެއްވާފައި ވެއެވެ. 2021 ވަނަ އަހަރުގެ ތެރޭގައި އެމަނިކުފާނު ވަނީ ޑޮކްޓަރ އޮފް ފިލޯސަފީ ފުރިހަމަކުރައްވާފައެވެ. އަލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމް ޕީއެޗްޑީ ޙާސިލް ކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ފިޤްހާއި އުސޫލުލް ފިޤްހުގެ ރޮނގުންނެވެ.
އެމަނިކުފާނު މިހާރު ހުންނެވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލީހުގެ ރައީސްގެ މަޤާމުގައެވެ،
ފުރުއްވި މަގާމްތައް އުނިއިތުރު ގެންނަވާ
- 1987 : ޢަރަބިއްޔާ ސުކޫލްގެ މުދީރުކަން
- 1988 : މިނިސްޓްރީ އޮފް ޖަސްޓިސްގެ ނާއިބުކަން
- 5 ޖެނުއަރީ 1989 : މިނިސްޓަރ އޮފް ޖަސްޓިސްކަން
- 11 ނޮވެމްބަރު 1993 : މިނިސްޓަރ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްކަން
- 11 ނޮވެމްބަރ 1996 : އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލީހުގެ ރައީސްކަން
- 6 ނޮވެމްބަރު 1996 : އުއްތަމަ ފަނޑިޔާރުކަން
- ޖުޑިޝަލް ކޮމިޓީގެ ރައީސްކަން
- 3 އޯގަސްޓު 2016: އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖްލީހުގެ ރައީސްކަމާއި މެންބަރުކަން
މަރުޖިޢުތައް އުނިއިތުރު ގެންނަވާ
- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006