މުސްނަދު އިމާމު އަޙުމަދު (ޙަދީޘް ފޮތް)
Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value).
ފޮތުގެ ނަން
އުނިއިތުރު ގެންނަވާމިފޮތް މަޝްހޫރުވެފައިވާ ނަމަކީ މުސްނަދު އިމާމު އަޙުމަދު މި ނަމުންނެވެ.
މުއައްލިފު
އުނިއިތުރު ގެންނަވާއެކަލޭގެފާނުގެ ނަސަބުފުޅު
އުނިއިތުރު ގެންނަވާއެކަލޭގެފާނަކީ ޢަހުމަދު ބިން މުޙައްމަދު ބިން ޙަންބަލް ބިން ހިލާލު ބިން އަސަދު ބިން އިދުރީސް ބިން ޢަބްދުﷲ ބިން ޙައްޔާން ބިން ޢަބްދުﷲ ބިން އަނަސް ބިން ޢައުފް ބިން ޤާސިޠު ބިން ޝައިބާން ޛުހްލު ބިން ޘަޢުލަބާ ބިން ޢުކާބާ ބިން ޞަޢުބު ބިން ޢަލީ ބިން ބަކުރު ބިން ވާއިލު ބިން ޤާސިޠު ބިން ހިންބު ބިން އަފްޟާ ބިން ދުޢްމިއްޔު ބިން ޖަދީލާ ބިން އަސަދު ބިން ރަބީޢާ ބިން ނިޒާރު ބިން މަޢުދު ބިން ޢަދުނާނެވެ.
ދިރިއުޅުއްވުމާއި ޢިލްމު އުގެނިވަޑައިގަތުމާއި އެހެނިހެން ކަންކަން
އުނިއިތުރު ގެންނަވާމިފޮތުގެ މުއައްލިފަކީ މަތީގައި ބަޔާންކުރެވިފައިވާ ފަދައިން އަލްއިމާމު އަބޫ ޢަބްދުﷲ އަޙުމަދު ބިން މުޙައްމަދު ބިން ޙަންބަލް އައްޝައިބާނީއެވެ. އެކަލޭގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ މަޝްހޫރު ޝައިބާނީ ޤަބީލާއަށެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޒަމާނުގައި އެންމެބޮޑު އެއް ޙަދީޘް އިލްމުވެރިޔާއެވެ. އަދި އެންމެ ގިނަ ޙަދީޘް ހިތުދަސް ކުރައްވާފައިވާ އެއްބޭކަލެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރީ ސަނަތުން 164 ވަނަ އަހަރު ރަބީޢުލް އައްވަލު މަހުގައި ބަޣުދާދުގައެވެ.
އަދި އެކަލޭގެފާނު ބޮޑުފުޅުވެ ވަޑައިގަތީ ޢިލްމު ޙާޞިލުކުރެއްވުމުގައެވެ. އަދި ބޮޑެތި ޝެއިޚުންގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ. އިމާމު ޝާފިޢީ ރަޙިމަހުﷲ ތަޢާލާ އަކީ އެކަލޭގެފާނުގެ އުސްތާޛެކެވެ. އަދި އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި ޙަދީޘް ޢިލްމުގެ ބޮޑެތި ބޭކަލުންކަމަށްވާ ޢިމާމު ބުޚާރީ ރަޙިމަހުﷲ، އިމާމު އަބޫދާވޫދު ރަޙިމަހުﷲ ފަދަ އެތައް އެތައް ޙަދީޘް ޢިލްމުގެ ބޮޑެތި ޢިލްމުވެރިންނެއް ހިމެނިވަޑައިގަނެއެވެ.
އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވުމަށާއި ޙަދީޘް ހިތުދަސްކުރެއްވުމަށްޓަކައި މުޅި ޢަރަބި ޖަޒީރާގައި ދަތުރުކުރެއްވިއެވެ. އެގޮތުން ބަޣުދާދުން ކިޔެވުން ޙާޞިލްކުރެއްވުމަށްފަހު ކޫފާއަށާއި ބަޞަރާއަށާއި މައްކާއަށާއި މަދީނާއަށާއި ޝާމަށާއި ޔަމަނަށާއި އަދިވެސް އެތައްތަނަކަށް ދަތުރުކުރައްވާ އެކަލޭގެފާނު ޢިލްމުނެންގެވި އުސްތާޛުންގެ ނަންތައް ލިޔުއްވިއެވެ. އެކަލޭގެފާނުގެ ދަތުރުތަކުގައި ދަތިތަކާއި އަދި ކިޔަވާކުދިންނަށް ޢިބުރަތް ލިބެނިވި ޝަޢުޤުވެރިވަނިވި އެތައް ޙާދިޘާތަކަކާއި ކުރިމަތިވެވަޑައިގަތެވެ. އެގޮތުން އެއްފަހަރެއްގައި އެކަލޭގެފާނުގައި މައްކާގައި ހުންނެވި ދުވަސްވަރު އެކަލޭގެފާނު ހޮހޮޅައިގައި ނާނޭފުޅު ފިއްލަވަން ހުންނަވަނިކޮށް ހެދުންކޮޅު ވަގަށްނެގުމުގެ ސަބަބުން ހޮހޮޅައިގައި ނުކުމެވަޑައިނުގަނެވި އެތައްދުވަހަކު ހުންނަވަން ޖެހިވަޑައިގަތެވެ. ޢިލްމުލިބުންވަނީ ބަލާއާއި މުޞީބާތްތަކަށް ކެތްތެރިވެގެންކަން ޔަޤީނެވެ.
އަބޫ ޒުރުޢާ ރަޙިމަހުﷲ ވިދާޅުވިއެވެ. “އިމާމު ޢަހުމަދު ބިން ޙަންބަލު ހާސް ހާސް (ޔަޢުނީ: އެއްމިލިޔަން) ޙަދީޘް ހިތުދަސްކުރެއްވިއެވެ.”
އެކަލޭގެފާނުގެ މި ޙަދީޘްފޮތް ލިޔުއްވާފައިވަނީ އެއްމިލިޔަން ޙަދީޘްގެ ތެރެއިންވެސް ހަތްލައްކަ ފަންސާސް ހާސް ހަދީޘްތެރެއިންނެވެ.
އެކަލޭގެފާނަކީ އަޅުވެރި ބޭކަލެއްވެސް މެއެވެ. އެކަލޭގެފާނު ރޭގަނޑު އަޅުކަންކުރެއްވުމާއި އަދި ޤުރުއާން ކިޔެވުމުގައި ގިނަވަޤުތު ހޭދަކުރައްވައެވެ. ހަތްދުވަހުން ކީރިތިޤުރުއާން ހަތިމުކުރައްވައެވެ. އަދި އެކަލޭގެފާނަށް ވަރަށްބޮޑު އިމްތިހާނާއި ކުރިމަތިވެ ވަޑައިގަތެވެ. އެއީ ޢައްބާސީ ޚަލީފާއިން ޤުރުއާނަކީ މަޚުލޫޤެއް ކަމަށް ދައުވާކޮށް އެދައުވަތު ފެތުރުމަށް މަސައްކަތްކުރުމުން އެކަމާއި ދެކޮޅު ހެދި މަދު ޢިލްމުވެރިންގެ ތެރެއިން އެކަލޭގެފާނު ހިމެނިވަޑައިގަނެއެވެ. އަދި އެކަމުގެ ސަބަބުން ނުހަނު ގިނަ ދަތިއުނދަގޫ ކަންތައްތަކާއި ދިމާވެ ޖަލަށްލެވި ވަރަށް ބޮޑަށް އަނިޔާކުރެވުނެވެ. އިބުނު ކަޘީރު ރަޙިމަހުﷲ ލިޔުއްވާގޮތުގައި އެކަލޭގެފާނު ޖަލަށްލެވި އަނިޔާކުރެވުމަށްފަހު ގެއަށް ގެނެވުމުން އެކަލޭގެފާނުގެ ގައިން މަރުވެފައިވާ މަސްގަނޑުގަނޑު ކަނޑަންޖެހިވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ޝިފާލިބުމުން ބިދުޢައިގެ އަހުލުވެރިންނޫން އެންމެންނަށް މަޢާފުދެއްވިއެވެ.
އެކަލޭގެފާނާއި ބެހޭގޮތުން ޢިލްމުވެރިން ޘަނާދަންނަވާފައިވެއެވެ.
އުނިއިތުރު ގެންނަވާއެގޮތުން އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ތިމަންކަލޭގެފާނު ޢިރާޤުން ނުކުމެވަޑައިގަތްއިރު، އަޙުމަދު ބިން ޙަންބަލަށްވުރެ ހުރިހާގޮތަކުންވެސް ރަނގަޅު، އަދި ވަރަޢަވެރި އަދި ތަޤުވާވެރި އެއްވެސް މީހަކު ތިމަންކަލޭގެފާނު ދެކިވަޑައިނުގަންނަވަމެވެ.”
ޙަދީޘްއިލްމުވެރިޔާ އިބުނު މަދީނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މީސްތަކުން މިދީނުން މުރުތައްދުވާން ފެށުމުން މިދީނަށް އަބޫބަކުރު ޞިއްދީޤު ރަޟިޔަﷲ އަންހުގެ އަތްމައްޗަށް ނަސްރުދެއްވިއެވެ. އަދި ފިތުނައިގެ ދުވަސްވަރު (އެބަހީ ޤުރުއާނަކީ މަޚުލޫޤެއްކަމަށް މީސްތަކުންނަށް ބުނުމަށް މަޖުބޫރުކުރުމުން އައި ފިތުނަ) އަޙުމަދު ބިން ހަންބަލުގެ އަތްމައްޗަށް މިދީނަށް ނަޞްރުދެއްވިއެވެ.”
އަދި ރިވެތިގޮތުގައި މުޞީބާތްތަކަށް ކެތްތެރިވެވަޑައިގަތެވެ.
އަވަހާރަވުން
އުނިއިތުރު ގެންނަވާއެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 241 ވަނަ އަހަރުގެ ރަބީޢުލް އައްވަލުމަހުގެ 12ވަނަ ދުވަހުވީ ހުކުރުވިލޭރެއެވެ. އެކަލޭގެފާނުގެ ފުރާނަފުޅު ދޫކުރެއްވީ އެކަލޭގެފާނުގެ އެދުމަށް އެކަލޭގެފާނުގެ އަހުލުން އެކަލޭގެފާނު ވުޟޫކުރައްވާ ނިމުނުތަނާއެވެ. އެކަލޭގެފާނުގެ މައްޗަށް އެތައްމިލިޔަން މީހުންނެއް ކަށުނަމާދުކުރިއެވެ. މިއީ ބަޣުދާދުގައި އެންމެ ގިނަ މީހުން ބައިވެރިވި އެއްކަށުނަމާދެވެ. މާތްﷲ އެކަލޭގެފާނަށް ހެޔޮރަޙުމަތްލައްވައި މަތިވެރިވެގެންވާ ސުވަރުގެ ތަކުގައި އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވާ އެކަލޭގެފާނަށް ހެޔޮރަޙުމަތް ލައްވާށިއެވެ. އާމީން
މި ޙަދީޘް ފޮތަށް އަވަސް ނަޒަރެއް
އުނިއިތުރު ގެންނަވާމިފޮތަކީ ކޮބާ؟
އުނިއިތުރު ގެންނަވާމިފޮތަކީ މުސްނަދު ޙަދީޘްފޮތްތަކުގެ ތެރެއިން އެންމެބޮޑު އެއްފޮތެވެ.
ޝެއިޚުލް ޢައްލާމާ އުޘައިމީން ރަޙިމަހުﷲ ލިޔުއްވާފައިވެއެވެ. “ޙަދީޘްޢިލްމުވެރިން މުސްނަދު ޙަދީޘްފޮތްތައް ގެންނަވަނީ ޞަޙީހައިނި(އެބަހީ ޞަހީޙް ބުޚާރީއާއި ޞަޙީހް މުސްލިމް) އާއި އަދި ސުނަނު (އެބަހީ ސުނަނު އަބީދާވޫދު، ސުނަނުއް ނަސާއީ، ސުނަނުއް ތިރިމިޛީ އަދި ސުނަނު އިބުނު މާޖާ)އަށް ފަހު ތިންވަނައަށެވެ.”
މުސްނަދު ޙަދީޘާއި މުސްނަދު ޙަދީޘްފޮތަކީ ކޮބާ؟
އުނިއިތުރު ގެންނަވާމުސްނަދު ޙަދީޘަކީ ރިވާކުރާ ރާވީއާއި ހިސާބުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ހިސާބަށް ގުޅިފައިވާ ޙަދީޘެވެ. އަދި މުސްނަދު ޙަދީޘްފޮތަކީ ޞަޙާބީބޭކަލުންގެ ނަންފުޅުތަކުގެ މައްޗަށް ޙަދީޘްތައް ނެރުއްވާފައިވާ ފޮތްތަކެވެ. މިގޮތުން ޞަހާބީ ބޭކަލުންގެ ނަންތައް ތިންގޮތަކަށް ތަރުތީބު ކުރެވެއެވެ.
- އަލިފުބާގެ ތަރުތީބުން ގެނައުން
- ޞަޙާބީ ބޭކަލުން ނިސްބަތްވާ ޤަބީލާތަކުގެ ތަރުތީބުން ގެނައުން. އެގޮތުން ހާޝިމުވަންހައިން ފެށުން އަދި އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެންމެގާތް ޤަބީލާތަކުގެ ތަރުތީބުން
- ޞަޙާބީ ބޭކަލުން އިސްލާމްދީނުގައި ދެވިފައިވާ ޤަދަރުގެ ތަރުތީބުން ގެނައުން. އެގޮތުން އެންމެ ފުރަތަމަ ސުވަރުގޭގެ ޚަބަރު ދެއްވުނު 10 ބޭކަލުން އަދި އެޔަށްފަހު ބަދުރުގައި ބައިވެރިވި ވަޑައިގެންނެވި ބޭކަލުން. رضوان الله عليهم جميعا
އިމާމު އަހުމަދު ބިން ހަންބަލު އެކަލޭގެފާނުގެ މުސްނަދު ތަރުތީބު ކުރައްވާފައިވަނީ މިއުސޫލުންނެވެ.
އިމާމު ޚަތީބު ބަޣުދާދީ ރަހިމަހުﷲ ވިދާޅުވެފައިވެއެވެ. "މިއީ ތިމަންމެންނަށް ޚަދީޘް ތަރުތީބު މުސްނަދުގައި ގެންނެވުމަށް އެންމެ ލޯބިކުރާ ގޮތެވެ."
ފޮތުގެ ޙަދީޘްތަކުގެ ޢަދަދާއި އަދި ޞަހާބީ ބޭކަލުންގެ އަދަދު
އުނިއިތުރު ގެންނަވާއެފޮތުގައި ތަކުރާރުނެތި ވަނީ ތިރީސް ހާސް ޙަދީޘްކަމަށާއި އަދި ތަކުރާރާއި އެކުވަނީ ސާޅީސް ހާސް ޙަދީޘްކަމަށް ޙަދީޘް ޢިލްމުވެރިން ބަޔާންކުރައްވައެވެ.
އެއީ ގާތްގަނޑަކަށް ހަތްސަތޭކަ ޞަޙާބީ ބޭކަލުންނާއި އަދި ގާތްގަނޑަކަށް ސަތޭކަ އަންހެން ޞަޙާބިއްޔަ ބޭކަނބަލުންނެވެ.
އިމާމު އަޙުމަދު އެކަށައެޅުއްވި ޝަރުތުތައް އަދި މިފޮތުގައިހުރި ޙަދީޘްތަކުގެ ދަރަޖަ
އުނިއިތުރު ގެންނަވާޙަދީޘްއިލްމުވެރިޔާ އަލްޙާފިޡް އަބޫ މޫސާ އަލްމަދަނީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "…އަޙުމަދު އެކަލޭގެފާނުގެ މުސްނަދުގައި ދީންވެރިކަމާއި އަމާނާތްތެރިކަމަށް ޘާބިތު މީހެއްގެ ގާތުން މެނުވީ ޙަދީޘް ނުގެންނަވައެވެ. (އޭގެފަހުން) އަމާނާތެރިކަން ގެއްލުން މީހެއްފިޔަވައެވެ."
އަދި ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ސުނަނު އަބީދާވޫދުގައި ހުރި ކަނޑައަޅުއްވާފައި ހުރި ޝަރުތުތަކަށްވުރެ އިމާމު އަޙުމަދު ޙަދީޘް ނެރުއްވުމުގައި ކަނޑައަޅުއްވާފައިވާ ޝަރުތުތައް ވަރުގަދައެވެ. އަދި އަބޫދާވޫދު ވަނީ އިމާމު އަޙުމަދު ރިވާނުކޮށް ދޫކޮށްލާފައިވާ މީހުންގެ ކިބައިން ރިވާކުރައްވާފައެވެ…"
މުސްނަދުގައި ހުރި ޙަދީޘްތަކުގެ ދަރަޖަ
އުނިއިތުރު ގެންނަވާއަލްޙާފިޡު ޙަދީޘްއިލްމުވެރިޔާ އަބޫ ޤާސިމުލް ތަމީމީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެފޮތުގައި ބަލި(ހަދާފައިވާ ޙަދީޘާއި ވަރަށް ބޮޑަށް ޟަޢީފް ޙަދީޘް) ޙަދީޘްހުރިކަމަށް ބުނުން ހުއްދަނުވާނެއެވެ. ނަމަވެސް އެފޮތުގައިވަނީ ޞަޙީޙް ޙަދީޘާއި މަޝްހޫރު ޙަދީޘާއި ޙަސަނު ޙަދީޘާއި ޣަރީބު ޙަދީޘެވެ.”
ނަމަވެސް އަލްހާފިޡު އިބުނު ޙަޖަރު ރަހިމަޙުﷲ ވިދާޅުވަނީ އެފޮތުގައި ތިނެއް ނުވަތަ ހަތަރު ޙަދީޘް މެނުވީ އެއްވެސް އަސްލެއް ނުވާ ޙަދީޘްއެއް ނުވާ ކަމަށެވެ.
ޢިލްމުވެރިންގެ ބައެއް މަސައްކަތްޕުޅުތައް
އުނިއިތުރު ގެންނަވާމިފޮތަށް ޢިލްމުވެރިން ވަނީ އެތައް ބުރަ މަސައްކަތްޕުޅު ކުރައްވާފައެވެ. އެގޮތުން މިފޮތް ޞަޙާބީ ބޭކަލުންގެ ނަންފުޅުތަކަށް ތަރުތީބުކުރައްވައި އަލުން އެކުލަވާލެއްވުމާއި އަދި ބާބުތައް އެކަށައަޅުއްވައި ވަކިފޮތެއްގެ ސިފައިގައިވެސް ބަޔެއްޢިލްމުވެރިން ވަނީ ނެރުއްވާފައެވެ. އަދި ބައެއް ޢިލްމުވެރިންވަނީ މިފޮތުގެ ޙަދީޘްތައް ޞައްޙަ ނުޞައްޙަތޯ ތަޙުޤީޤު ކުރައްވައި ނެރުއްވާފައެވެ. އަދިވެސް އެތައް އެތައް މަސައްކަތްޕުޅުތަކެއް ޢިލްމުވެރިން މިފޮތަށް ކުރައްވާފައިވެއެވެ.
ޢައްލާމާ އިބުނު އުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. މިއީ ބޮޑުމިނުގެ ގޮތުންނާއި ފައިދާގެ ގޮތުން އެންމެ ފައިދާ މުސްނަދު ޙަދީޘްފޮތެވެ. އަދި ކުރީގެ އެތައް ޢިލްމުވެރިންނެއް ވަނީ އެކަމަށް ހެކިވެލައްވާފައެވެ.
މަރުޖިޢުތައް
އުނިއިތުރު ގެންނަވާ1. تدوين السنة النبوية لشيخ محمد بن مطر الزهراني رحمه الله
2. مصطلح الحديث لشيخ ابن العثيمين رحمه الله
3. من أعلام المجددين لدكتور صالح بن فوزان
ލިޔެ ޖަމާކުރީ: އަބޫ ޢަބްދުﷲ ޢަބްދުއްރަހީމް އަލްމަދަނީ