މިސުރު ގަނދަކޯޅި(ސައިންޓިފިކް ނަން: Angelonia salicariaefolia) އަކީ ހިމަދިގުކޮށް ފަތްތަކެއް ހުންނަ މާގަހެކެވެ. މިގަހުގެ މައު ޢާއްމު ގޮތެއްގައި ހުންނަނީ ދަނބުކުލައިގައެވެ. މިމަލުގައި ލުއި މީރުވަހެއް ހުރެއެވެ. މާނިކުންނަނީ ފަތުބުޑުންނެވެ. މިސުރު ގަނދަކޯޅި އެންމެ ފަސޭހައިން ހެދޭނީ 65-60 ޑިގްރީ ސެލްޒިއަސް އާއި ދެމެދު ފިނިހޫނު މިން ހުންނަ ފެހިގެ ތަކުގައެވެ. މިގަސް ހެދޭނީ ތެތްވެލިގަނޑުގައެވެ.

މިސުރު ގަނދަކޯޅި