Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value).

މިކޮއެ ބައްޕަ ބައޭ ބައޭ މިފިލްމަކީ ޑިރެކްޓަރ ރަވީ ފާރޫގް އާއި ސްކްރީންރައިޓަރ މަހުދީ އަހުމަދު އުފައްދަން ގަސްދުކުރި ދެ ކެރެކްޓަރުން/ އެއް ތަނެއްގައި/ އެއް ދުވަހެއްގެ ތީމްއަށް ތައްޔާރުކުރާ ޓްރިލޮޖީގެ ތެރެއިން 2 ވަނަ ފިލްމެވެ. މިތީމްގެ ފުރަތަމަ ފިލްމަކީ 'އިނގިލި (ފިލްމް)' އެވެ.

ކުރުގޮތަކަށް މި ފިލްމުގައި ވާ ގޮތް

އުނިއިތުރު ގެންނަވާ

މިފިލްމުގައި ފެނިގެން ދަނީ ހަނދާން ނެތޭ ބަލިޖެހޭ ބައްޕައެއްގެ ކިބައިން މަންމައަކު އޭނާގެ ތުއްތު ތުއްތު ދަރިފުޅު ސަލާމަތްކުރުމަށް ކުރާ މަސައްކަތްތަކެވެ.

ޕްރީ ޕްރޮޑަކްޝަން

އުނިއިތުރު ގެންނަވާ

މިއީ ލ. ފޮނަދޫ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ "މަންދޭރާ ޕްރޮޑަކްޝަން" ގެ އަލްފާޟިލް އަހްމަދު ރަޝީދު ލިޔެފައިވާ ހަމަ މިނަމުގައި ކުރު ފިލްމަކަށް ތައްޔާރުކި ސްކްރީންޕްލޭގެ ހުރިހާ ހައްގެއް ގަތުމައްފަހު، ފީޗަރ ފިލްމެއްގެ ގޮތުގައި މަހުދީ އަހުމަދު އަލުން ލިޔުނު ސްކްރީންޕްލޭއެކެވެ. މިސްކްރީންޕްލޭ ލިޔެ ނިންމުމަށްފަހު ރަވީއާއި މަހުދީ ވަރަށް ގިނަ ޕްރޮޑިއުސަރުން ގާތަށް ދިޔަނަމަވެސް، މިއިން އެއްވެސް ޕްރޮޑިއުސަރަކު ރިސްކެއް ނަގަން ބޭނުން ނުވީއެވެ. އެންމެ ފަހުން މިސްކްރީންޕްލޭއަށް ޝައުގުވެރިވީ މަޝްހޫރު ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ޕްރޮޑިއުސަރ މުހަންމަދު އަލީ މޮގަރއެވެ. އަދި ވަގުތުން މިފިލްމުގެ މަސައްކަތްކުރުމަށް ރަވީއާއި މަހުދީއާއި އެކު އެއްބަސްވެވުމަކަށް އާދެވުނެވެ.

މިފިލްމުގެ ޕްރޮޑަކްޝަން ފެށުނީ 17 އޭޕްރީލް 2012 ގައެވެ. މިއީ ކެނަން ޑީ 50 ގެ ކެމެރާ އަކުން މުޅި ފިލްމު ޝޫޓްކުރާ ފުރަތަމަ ދިވެހި ފިލްމެވެ. ފިލްމުގެ ޕްރިންސިޕަލް ޕޮޓޮގްރަފީ ނިންމާލެވުނީ 26 މެއި 2012 ގައެވެ. މިފިލްމުގެ ސްކްރީންޕްލޭ ލިޔުނު އިރުވެސް، ފިލްމުގެ ލީޑް ރޯލްއަކަށް މަހުދީ ވިސްނާފައިވަނީ އައިޝަތު ރިޝްމީއެވެ. އަދި މީގެ އިތުރުން ފުރަތަމަ ސްކްރީންޕްލޭ ލިޔުނު އަޙްމަދު ރަޝީދު ގެ ވިސްނުންހުރީވެސް ރިޝްމީއާއި ދިމާއަށްކަން އިއްތިފާޤު ވެއެވެ. އަދި ސްކްރީންޕްލޭ ކިއުމަށްފަހު ޑައިރެކްޓަރ ރަވީ ފާރޫގުވެސް އިއްތިފާގުވީ އެބަޔަށް ރިޝްމީ ކާސްޓުކުރުމަށެވެ. މީގެ އިތުރުން ފިލްމުގެ ކާސްޓް މަސައްކަތް ފެށުމުގެ ކުރިން މަޙްދީ،ރަވީ އަދި އަޙްމަދު ރަޝީދު އާއިއެކު ވެސް ފިލްމަށް ތަރިން ހޮވުމާއި މެދު ވާހަކަ ދައްކާ އެއްބަސް ވެވުނީ ހަމަ މިގޮތަށެވެ.

ޕްރީޕްރޮޑަކްޝަން

އުނިއިތުރު ގެންނަވާ

މިފިލްމުގެ މަސައްކަތް މިހާރުވަނީ ޕްރީޕްރޮޑަކްޝަންގައެވެ. ފިލްމުގެ ފައިނަލް ކަޓް ވަނީ އެޑިޓްކޮށްނިމިފައެވެ. ޑަބިންގ ގެ ހުރިހާ މަސައްކަތެއް ނިމި މިހާރު ވަނީ މިފިލްމަށް ބޭނުންވާ ބައެއް ވިޒުއަލް އިފެކްޓްސްގެ މަސައްކަތް ކުރުމަށް ވިޒުއަލް އިފެކްޓްސްއަށް ކުޅަދާނަ އަހުމަދު ޝިނާނުއާއި ހަވާލުކުރެވިފައެވެ. މިފިލްމުގެ ފުރަތަމަ ޓީސަރ ޓްރެއިލަރ ވަނީ ވަރަށް ގިނަ ސޯޝަލް ނެޓްވަރކްގައި 04 އޮކްޓޫބަރު 2012 ވަނަ ދުވަހު އާންމުކުރެވިފައެވެ. ތިރީގައިއެވަނީ މިޓްރެއިލަރގެ ޔޫޓިއުބް ލިންކެވެ.

[[1]]

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ