މާނިފާ(ސައިންޓިފިކް ނަން: Canavalia ensiformis)ނުވަތަ (އިނގިރޭސި ބަހުން: Jack-bean) އަކީ ވެލަށްދުވާ ފިލާވެއްޔެކެވެ. މިއީ ދިވެހި ބޭހުގެ ތެރޭގައި ބޭނުންކޮށް އުޅޭ ފަތްޕިލާ ވެލީގެ ބާވަތެކެވެ. މާނިފާ އަކީ އާންމު ގޮތެއްގައި ޖަނަވާރުންނަށް ކާންދިނުމަށް ބޭނުންކުރާ އެއްޗެކެވެ. މާނިފާ ގަހުގެ ތޮޅި އަކީ ވިހަ އެއްޗެކެވެ. ނަމަވެސް ފެނުކެއްކުމުން އޭގެ ވިހަކަން ފިލައިދާކަމަށް ވެއެވެ. އިންސާނުން ކެއުމަށް މާނިފާ ގަހުގެ ތޮޅި ބޭނުންކޮށެއް ނޫޅެއެވެ. މާނިފާ ވެލަކީ ވަރަށް ބޮޑަށް ބިމުގެ އަޑިއަށް މޫހިފާފައި ހުންނަ ވެލެކެވެ. އެހެންކަމުން މިވައްތަރުގެ ވެޔޮގަނޑު އުފުރައިލާކަން އެހާ ފަސޭހައެއް ނުވާނެއެވެ. މާނިފާ ވެލުގައި އަޅާ މަލުގެ ކުލައަކީ ފިޔާތޮށި ދަނބު ކުލައެކެވެ.

މާނިފާ ވެޔޮ
މާނިފާ ތޮޅި
Canavalia ensiformis