މަދަރާސީ މަސް (ސައިންޓިފިކް ނަން: Lutjanus madras)ނުވަތަ (އިނގިރޭސި ބަހުން: Madras snapper / Indian Snapper)އަކީ ރާއްޖޭގެ ފަރުފަޅުތަކުން ވަރަށް މަދުން ހިފޭ މަހެކެވެ. މިބާވަތުގެ މިހާތަނަށް ރިކޯޑް ކުރެވިފައިވަނީ އެންމެ މަހެކެވެ. މިމަސް ހިފިފައިވަނީ ކޮށިފައްތައިގެން ކ.ފޭދޫފިނޮޅު ކައިރިން 40 މީޓަރު ފުނުންނެވެ. މިއީ ކެއުމަށް އެންމެ ރަގަޅު މަހެކެވެ.

މަދަރާސީ މަސް

މަހުގެ ބުރަކަށި މަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 10 ކައްޓާއި، 13 މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ހަރުކޮށް ހުންނަ 3 ކައްޓާއެކު 9 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 16 މަޑުކަށި ހުރެއެވެ. މިމަހުގެ ކުލައަކީ ފަނޑު ހުދުކުލަ އެކެވެ. ބޮލުގެ ކުލައަކީ ފިޔާތޮށި ކުލައެވެ. މަތީ ކޮތަރިބަޔާއި ބަނޑުދަށް ފަރާތު ކޮތަރިބަޔާއި، ކަންފަތާއި ނިގޫފަތް ހުންނަނީ ރީނދޫ ކުލައިގައެވެ. މަހުގެ ދިގަށް ކޮންމެ ހުޅުބު ބަރިއެއްގެ ދޭތެރޭ ރީނދޫ ކުލައިގެ ހިމަ ރޮނގެއް ހުރެއެވެ.

މިމަސް އާންމު ގޮތެއްގައި ދުނިޔޭގެ ތަފާތު ހިސާބުތަކުގައި ހިފާފައި ހުންނަނީ މަސް ކޮށިންނާއި ނަނުފައްތައިގެންކުރާ ކެޔޮޅު ކަމުގައެވެ. ގާތްގަނޑަކަށް 90-20 މީޓަރާއި ދެމެދުގެ ފުންމިނުންނެވެ. މިމަހަށް މަދަރާސީ މަސް ކިޔާފައިވަނީ މިމަހަށް ކިޔާ އިގިރޭސި ނަމާއި ގުޅޭގޮތުންނެވެ.