މައްސަރުކަންތައް ނުޖެހު(Amennorrhea)މަކީ ޙައިޟު ނުވުމެވެ. މާނައަކީ އެންމެ ފަހަރަކު ނުވަތަ އެއަށްވުރެ ގިނައިން މައްސަރު ކަންތައް ނުޖެހުމެވެ. ބާލިޣުވުމަށްފަހު، ޖެހިޖެހިގެން 3 ފަހަރު މައްސަރު ކަންތައްތައް ނުޖެހުން ކުރިމަތިވުން، ނުވަތަ އުމުރުން 16-15 އަހަރުވުމަށްފަހު، މައްސަރު ކަންތައް އެއްގޮތަކަށް ވެސް ނުޖެހޭނަމަ (ބާލިޣުނުވާނަމަ) އެއީ މައްސަރު ކަންތައް ނުޖެހުން ނުވަތަ ޙައިޟުނުވުން ކަމުގައި ބެލެވިދާނެ އެވެ. މައްސަރު ކަންތައް ނުޖެހުން ދެބަޔަކަށް ބަހާލެވިދާނެ އެވެ.

ޕްރައިމަރީ އެމެނަރީއާ(primary amenorrhea):

އުނިއިތުރު ގެންނަވާ

ގެ މާނައަކީ އުމުރުން 16 އަހަރުވެ ދިޔައިރު ، ޒުވާން އަންހެނެއްގެ ފުށުން ، ޖިންސީގޮތުން ފުރާފުރިހަމަވި ނަމަވެސް(އަންހެން ވަންތަ ސިފަތައް ފާޅުވި ނަމަވެސް)، މައްސަރުކަންތައް ޖެހެން ނުފެށުމެވެ. ނުވަތަ ހައިޟުގެ ލޭނުފެނުމެވެ. އެހެންގޮތަކަށް ބުނާނަމަ، ފުރާވަރުގެ އަންހެންކުއްޖަކު، އުމުރުން 14 އަހަރުވިއިރު، އަންހެންވަންތަ ސިފަތައް ފާޅުވާން ނުފެށުމާއި، އަދި މައްސަރުކަންތައް ޖެހެން ނުފެށުމެވެ. ނުވަތަ ބާލިޣުނުވުމެވެ.

ސެކަންޑަރީ އެމެނަރީއާ (secondary amenorrhea):

އުނިއިތުރު ގެންނަވާ

މީގެ މާނައަކީ އަންހެންކުއްޖަކު ބާލިޣުވުމަށްފަހު، ޖެހިޖެހިގެން 3 ފަހަރު މައްސަރު ކަންތައް ނުޖެހި ދިއުމެވެ. ނުވަތަ ބަލިވެއިނުން، ގާތުންދިނުން، ދޭތެރެދުރުކުރާ ބޭސް ބޭނުންކުރުން، އިއްދައިންކެނޑުން ފަދަ ހާލަތެއްނެތި، 6-3 މަސްވަންދެން މައްސަރު ކަންތައް ނުޖެހި ހުރުމެވެ.