މައިދާގެ ކެންސަރު
މައިދާގެ ކެންސަރު (އިނގިރޭސި ބަހުން: Stomach Cancer)ޖެހޭތާ ކުރީކޮޅު ބަލި ދެނެގަނެ ފަރުވާ ކުރެވިއްޖެނަމަ ވަރަށް ގިނަ ފަހަރު ބަލި ފަސޭހަ ވެއެވެ.
ސަބަބު
އުނިއިތުރު ގެންނަވާވަކި ޚާއްޞަ ސަބަބެއް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް ރޯމަސް ވަޅޯކޮށް ދިލަޖައްސައިގެން ކެއުމަކީ ކެންސަރު ޖެހުމާމެދު ޝައްކުކުރެވޭ ކަމެކެވެ.
އަލާމާތްތައް
އުނިއިތުރު ގެންނަވާ- ބަނޑަށް އުދަގޫވުން
- ކެއުމާއި ގުޅިގެން މާބޮޑަށް ފުރިފައި ހުންނަގޮތްވުން
- މޭނުބައިކުރުމާއެކު ކާހިތްނުވުން
- މެއިން ދިލަނެގުން
މައިދާގައި ކެންސަރު އުފެދުމުން މައިދާގައި ފާރު އުފެދުމުން ކުރެވޭ ކަހަލަ އިހްސާސްތަކެއް ކުރުވައެވެ. އަދި ކެންސަރުގެ އަސަރުތައް މައިދާގެ ބޮޑު ބަޔަކަށް ފެތުރިއްޖެނަމަ، އިތުރު އުދަގޫތަކާއި ކުރިމަތި ވެއެވެ. އޭގެ ތެރޭގައި:-
- ބަނޑުގެ މަތީބަޔާއި، މެދުތެރެއަށް ތަދުވެ، އުދަނގޫތައް ބޮޑުވުން
- ބޮޑުކަމުދާ ނަޖިހުގެ ކުލަ ކަޅުވުން : މިގޮތަށް ދިމާވަނީ މައިދާގެ ތެރެއަށް ލޭއައިސް ބޭރުނުވެ ގިނައިރު އެތެރޭގައި ހުންނަގޮތްވުމުންނެވެ.
- ބަރުދަން ލުއިވުން
- ކެއުމަށްފަހު ބަނޑުގައި ރިހުން އަދި ބަނޑުގައި ވައިހެދުން
- ވަރުދެރަވުމާއި ވަރުބަލިވުން: މިއީ ލޭމަދުވުމުން ދިމާވާ ކަމެކެވެ.
ފުރުޞަތު ބޮޑުމީހުން
އުނިއިތުރު ގެންނަވާ- މައިދާގައި ހެލިކޮބެކްޓަރ ޕައިލޯރީ ކިޔާ ޖަރާސީމް އުފެދިފައިވުން
- މައިދާގައި ފާރު އުފެދިފައިވާ މީހުން
- ލޭގެ ވިޓަމިން ބީ12ގެ މާއްދާ މަދުވުން
ފަރުވާ
އުނިއިތުރު ގެންނަވާ- އޮޕަރޭޝަން ކުރުން
- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
މަރުޖިޢުތައް
އުނިއިތުރު ގެންނަވާ- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005