މައިކްރޯސޮފްޓް
މައިކްރޯސޮފްޓް ކުންފުންޏަކީ (އިނގިރޭސި: Microsoft) އެމެރިކާއަށް ނިސްބަތްވާ ބައިނަލްއަޤްވާމީ ކުންފުންޏެކެވެ. 1975 ވަނަ އަހަރުގެ އޭޕްރީލް 4 ގައި އުފެދުނު މިކުންފުންޏަކީ ކޮމްޕިއުޓަރާއި ގުޅޭ އެއްޗެހި އުފައްދާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ދުނިޔޭގެ އެންމް އަގުބޮޑު ކުންފުނިތަކުގެ ތެރެއިން ހިމެނޭ ކުންފުންޏެކެވެ. މީގެ އިތުރުން ސޮފްޓްވެއަރ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏަކީ މައިކްރޯސޮފްޓްއެވެ. މައިކްރޯސޮފްޓް އުފެއްދި ބާނީންނަކީ ބިލް ގޭޓްސް އާއި ޕޯލް އެލެންއެވެ.
މައިކްރޯސޮފްޓް | |
---|---|
ޚިދުމަތްތައް | ކޮމްޕިޔުޓަރު ސޮފްޓްވެއަރ އިންޓަރނެޓް ޚިދުމަތް ވީޑިއޯ ގޭމު |
އުފެދުނީ | ނިއު މެކްސިކޯ، އެމެރިކާ 4 އޭޕްރީލް 1975 |
ބާނީން | ބިލް ގޭޓްސް ޕޯލް އެލެން |
މައި އޮފީސް | މައިކްރޯސޮފްޓް ރެޑްމަންޑް ކެމްޕަސް، ރެޑްމަންޑް، ވޮޝިންގޓަން، އެމެރިކާ |
މުވައްޒަފުން | 94،000 |
ވެބްސައިޓް | microsoft.com |